މާލެއަތޮޅު ހުރާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހުރާ ސިއްޙީމަރުކަޒުގެ ލެބޯޓްރީއެއް ހިންގުމަށް ކޮޓަރިއެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުން

    ހުރާ ސިއްޙީމަރުކަޒުގެ ލެބޯޓްރީއެއް ހިންގުމަށް ކޮޓަރިއެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށްއިއުލާން ކުރުން

                   މިމަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ދިނުމަށްޓަކައި ކޮޓަރިއެއް 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.  ވީމާ، މިފަދަ ކޮޓަރިއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި މަރުކަޒުގެ އީ-މެއިލް [email protected] ށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިމަރުކަޒުގެ އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  

          ބީލަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 12:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީބިޑް ނޯންނާނެ ކަމަށް ދަންނަވަމެވެ.

          ބީީީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00ގައި މިމަރުކަޒުގެ އެޑްމިން ބައިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.

         ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

           އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަންބަރު 6640412 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                             21  ރަބީޢުލް އައްވަލް  1448 

                             03    ސެޕްޓެމްބަރ  2026  

03 ސެޕްޓެންބަރު 2026
ހޯދާ