މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޕޭމަންޓް މޯލްޑިވްސްގެ އޮފީހަށް ސެންޓްރަލް އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުން

    މި ކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕޭމަންޓް މޯލްޑިވްސްގެ އޮފީހަށް ސެންޓްރަލް އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުޤުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްސީލް މައުލޫމާތު (ނަން، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު) އިނގޭނެ ގޮތަށް [email protected]  އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރެޖިސްޓަރ ވުމުގެ ސުންގަޑި

8 ސެޕްޓެމްބަރ 2026

އަންގާރަ

15:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

 14 ސެޕްޓެމްބަރ 2026

ހޯމަ

14:00

އަންދާސީ ހިސާބު ހުށަހެޅުން

17 ސެޕްޓެމްބަރ 2026

ބުރާސްފަތި

14:00

    މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 15:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރް.އެފް.ޕީ، ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ. ބީލަމުގެ އާރް.އެފް.ޕީ އާއި ގުޅިގެން ސައިޓް ސާރވޭ ކުރުމަށް ބޭނުންވާ ފަރާތްތަކަށް 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހު އެ ފުރުސަތު ދެވޭނެއެވެ. މި ބޭނުމަށް ހާޟިރުވާންޖެހޭ އެޑްރެހާއި ގަޑި، ބީލަމުގައި ރަޖިސްޓަރވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އިނގެނޭ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

02 ސެޕްޓެންބަރު 2026
ހޯދާ