|
މަޤާމު:
|
އެޑްމިން އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
1
|
|
ސެކްޝަން:
|
ފައިނޭންސް އެންޑް އެޑްމިން
|
|
އަސާސީ މުސާރަ:
|
މަހަކު 4,000.00 ރުފިޔާ
|
|
އެހެނިހެން އެލަވަންސް އަދި އިނާޔަތްތައް:
|
- ސާރވިސް އެލަވަންސް: މަހަކު 3,000.00 ރުފިޔާ
- ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހެލްތް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
- މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ކްރެޑިޓް ސްކީމް ހިދުމަތް (ޕްރޮބޭޝަނަށްފަހު)
|
|
މަޤާމުގެ ޝަރްޠުތައް:
|
1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ނުވަތަ
2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނިން ހޯދަން ޖެހޭ މުދަލާއި ޚިދުމަތް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މަރާމާތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
- ކުންފުނީގެ ސްޓޮކް އަދި އެސްޓް ރެޖިސްޓްރީ ބެލެހެއްޓުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
- ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން
- ކުންފުނީގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިންމޭ ޙާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޒިރުނުވެވޭ ޙާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާބަޔާނުގައި ހިމެނެ މަސައްކަތްތަކުނެ ވަގުތީ ގޮތުން ޙަވާލުކުރާ މަސައްކަތް ކުރުން
- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ޙަވާލުކުރާ މަސައްކަތްކުރުން
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
|
މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް އެނގެން އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށި ތާރީޚް،ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ ތަޖުރިބާއަށް މާކްސް ދިނުމުގައި ނުބެލޭނެއެވެ.)
|
|
ހުށަހަޅަންޖެހޭ ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 7 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިތުރު މައުލޫމާތު:
|
- އިންޓަވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001523 އަށް ގުޅުއްވުން އެދެމެވެ.
|