އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުދުކޫޑި (ވައިޓްފްލައި) ނައްތާލުމަށް ބޭނުންވާ ކެމިކަލް ދޫކުރުމާ ގުޅޭ
ހުދުކޫޑި (ވައިޓްފްލައި) ނައްތާލުމަށް ބޭނުންވާ ކެމިކަލްގެ 500 ޕެކެޓް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން މިއޮފީހަށް ވަނީ ލިބިފައެވެ. މި ކެމިކަލް ބެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ އަންނަ ފަރާތަކަށް ފުރަތަމަ ދޫކޮށް ހުސްކުރާ އުޞޫލުން ކޮންމެ ފަރާތަކަށް 2 ޕެކެޓެވެ.
ވީމާ، ކެމިކަލް ދޫކުރުމުގެ އިންތިޒާމް 2026 ސެޕްޓެމްބަރ 03 އިން 10 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 11:00 އަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. މިކެމިކަލް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިން މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާނެއެވެ..
20 ރަބީޢުލްއާޚިރް 1448
02 ސެޕްޓެމްބަރ 2026
02 ސެޕްޓެންބަރު 2026
ހޯދާ
