ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރާންސްފޯމަރ ހަޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް ފ.ނިލަންދޫ ދަންމަރު ގޯތީގެ ހުޅަނގު ދެކުނުން އިމާރާތްކުރާ ޓްރާންސްފޯމާރ ހަޓުގެ ކޮންކްރީޓް ސިމެންތީގެ އެންމެހައި މަސައްކަތްތައް ( މައިގަނޑު ތަކެތި ދިނުމުން ) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްތަކުގެ  ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.faafnilandhoo.gov.mv) ނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 ސެޕްޓެންބަރ 02 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން             2026 ސެޕްޓެންބަރ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ނެގެން  ހުންނާނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

19 ރަބީޢުލްއައްވަލް 1448

02 ސެޕްޓެންބަރ 2026

02 ސެޕްޓެންބަރު 2026
ހޯދާ