ދިވެހިރާއްޖެ
އިޢުލާން
މަގުތަކުގައި ޤަވައިދާއި ޚިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އެންގުން
މިހާރަކަށް އައިސް މަގުމަތީގެ އެކި ސަރަހައްދު ތަކާއި ވޯކްޝޮޕް އަދި ފިހާރަތަކުގެ ބޭރު، ކައުންސިލްގެ ހުއްދައެއް ނެތި ޢާންމުންނާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް ތަކެތި ބަހައްޓަމުން ގެންދެއެވެ. ކައުންސިލުން ހުއްދަ ނެތި މަގުމަތީގައި ތަކެތި ނުބެހެއްޓުމަށް ވަރަށް ގިނަ ފަހަރު ހަދާންކޮށްދީފައިވާނެއެވެ. އެހެންނަމަވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
ވީމާ، މަގުތަކުގަޔާއި ރަށުގެ އެކި ސަރަހައްދުތަކުގައި ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައި ހުރި އެންމެހައި ތަކެތި 2026 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އަދި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ކައުންސިލަށްދެއްވުން އެދެމެވެ. އަދި މަތީގައިވާ މުއްދަތު ހަމަވުމުން ޢާންމުންނާއި ދުއްވާތަކެއްޗަށް އުދަގޫވާގޮތަށް މަގުތަކުގައި ހުރި ތަކެތި ކައުންސިލުން އިތުރު އެންގުމަކާއި ނުލައި ނައްތާލާނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ތަކެތި ނައްތާލުމުގައި އެއްވެސް އެއްޗަކަށް ލިބޭ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ކަމުގައިވެސް ދަންނަވަމެވެ.
20 ރަބީޢުލްއައްވަލު 1448
02 ސެޕްޓެމްބަރ 2026
