ދިވެހިރާއްޖެ
މިހާރަކަށް އައިސް ބައެއް ގޯތީގައި ހެދިފައިހުރި ރުއް ގަހުގެ ސަބަބުން ހިނގާބިނގާވާ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ދަތިވުމުގެ އިތުރުން މަގުތަކުގައި ޖަހާފައިވާ މަގު ބައްތީގެ އަލި ދުރަށް ނުފެންނަގޮތަށް ގަސްހެދި އެ ސަރަހައްދު އަނދިރިވެ އެކަމުގެ ސަބަބުން ޢާންމުންގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ.
ވީމާ، 30 ސެޕްޓެންބަރު 2026 ގެ 14:00 ގެ ކުރިން ގޯތީގެ ވެރިފަރާތުން ނުވަތަ އެގޯއްޗެއް ބެލެހެއްޓުމާ ހަވާލުވެހުންނެވި ފަރާތްތަކުން ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިނުވާނެހެން ގަސްތައް ކޮށުމައް ދަންނަވަމެވެ. އަދި މަގުބައްތީގެ އަލި ދުރަށް ނުދާގޮތަށް ގަސް ހެދިފައިވާ ގޯތިތަކުގެ ވެރީންވެސް އެގަސްތައް ކޮށުމަށް ދަންނަވަމެވެ.
ދެންނެވި ތާރީޙުގެ ކުރިން ނުކޮށާ ހުރެއްޖެ ނަމަ މިކައުންސިލުން ގަސްތައް ކޮށަންޖެހޭ ހާލަތުގައި ރުއްގަހުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެވާހަކަ ދަންނަވަމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
