ދިވެހިރާއްޖެ
އިޢުލާން
މިމަދަރުސާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: ސްޕޯޓްސް ސުޕަވައިޒަރ
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
މަޤާމުގެ ރޭންކް: ޖީ. އެސް. 4
ސެކްޝަން: އެކަޑަމިކްސެކްޝަން/ ހއ.މާރަންދޫ މަދަރުސާ
މަސައްކަތްކުރަންޖެހޭތަން: ހއ. މާރަންދޫ މަދަރުސާ/ ހއ.މާރަންދޫ
މަޤާމު އޮތް އޮފީސް އިދާރާ: ހއ.މާރަންދޫ މަދަރުސާ / ހއ.މާރަންދޫ
މުސާރަ:-/5020 ރުފިޔާ
ސާރވިސް އެލަވަންސް:-/1500 ރުފިޔާ
އުޖޫރައާއި އިނާޔަތްތައް: އިތުރުގަޑީގައާއި ބަންދު ދުވަހު މަސައްކަތްކުރައްވާނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައްވެސް ލިބިލައްވާނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން (ކުޅިވަރުގެ ދާއިރާ/ ކިޔަވައިދިނުމުގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ"ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީއިމްތިޙާކުން 2 މާއްދާއިންދަށްވެގެން "ޑ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއް ( ކުޅިވަރުގެ ދާއިރާ/ ކިޔަވައިދިނުމުގެ ދާއިރާ) ގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ހުރިހާ ދަރިވަރުންނަށް ފައިދާ ހުރި ގޮތެއްގައި ސްކޫލްގެ ކުޅިވަރުގެ އެންމެހައި ކަންތަށްތަށް ރާވައި ހިންގުން.
- ހުރިހާ ގްރޭޑްއެއްގެ ޕީ.ޢީ ސްކީމްތައް ޗެކްކުރުން.
- ސްކީމުގައިވާ ސްކިލްތަކާއި ހުނަރުތައް ކުރިއަށްގެންދިއުމުގައި ޓީޗަރުންނަށް އެހީތެރިވެދިނުން.
- ޕީއީއަށް ބޭނުންވާ ސާމާނުތައް ރަނގަޅަށް ބެލެހެއްޓުމާއެކު މިތަކެތި ގެންގުޅޭ ގޮތާމެދު ޓީޗަރުންނަށް ލަފާދިނުން.
- ޕީއީއަށް ބޭނުންވާ ސާމާނުތައް ޓީޗަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ސްކޫލުގެ ދަރިވަރުން ބައިވެރިވާ ސްކޫލުގެ ހުރިހާ މުބާރާތްތަކަށް ދަރިވަރުން ރަނގަޅަށް ތައްޔާރުކުރުން.
- ސްކޫލުގައި ދަރިވަރުންނަށް ހުޅުވާލެވޭ ހުރިހާ މުބާރާތްތަކަށް ދަރިވަރުން ބައިވެރިކުރުން.
- ސްކޫލުގައި ހިންގާ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، އިސްވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
- ދަރިވަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ދަރިވަރުންނަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި އަޚުލާޤީ ރިވެތި ބަޔަކަށް ދަރިވަރުން ހެދުމަށް މަސައްކަތް ކުރުން.
- ދަރިވަރުންނަށް ނެގޭ ޕީ.އީ އެކްޓިވިޓީސް ކުރިއަށް ގެންދިއުމާއި، ޕީ.އީ ގަޑިތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުން. އަދި ޕީއީ ޓީޗަރ ނެތް ހާލަތެއްގައި ހަވާލުކުރެވޭ ޕީ.އީ ގަޑިތައް ނެގުން.
- ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ހުރިހާ ރެކޯޑެއް ބެލެހެއްޓުން.
- އިންޓަރހައުސް / ކްލަބް ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.
މަޤާމަށް އެދެންވީ ސުންގަޑި: މިމަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު 24 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް މާރަންދޫ މަދަރުސާއަށް ހުށަހަޅުއްވަންވާނެއެވެ.
އިންޓަރވިއު ކުރުން: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނާނެ ތަނާއި، ދުވަހާއި، ތާރީޚު އަދި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމީ ފެންވަރު
- މަސައްކަތުގެ ތަޖްރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމަދަރުސާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
ރ- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)
ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މަދަރުސާގެ ނަންބަރު 6500535 ފޯނާއެވެ.