މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރުޙޫމް ޑރ އަފްރާޝީމް ޢަލީގެ ހަނދާނުގައި ބާއްވާ ޤުރުޢާން މުބާރާތާ ގުޅޭ

(IUL)303-CA/303/2026/41ނަންބަރު:

 

އިޢުލާން

މަރުޙޫމް ޑރ އަފްރާޝީމް ޢަލީގެ ހަނދާނުގައި ބާއްވާ ޤުރުޢާން މުބާރާތާ ގުޅޭ

               މިކައުންސިލުން އިންތިޒާމް ކޮށްގެން، އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުޢާން މުބާރާތް، 2026 އޮކްޓޫބަރ 02 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ދާއިރާ ހިމެނޭ 3 ރަށުގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

             ވީމާ، މި މުބާރާތުގައި ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ އުނގޫފާރުގެ ފަރާތްތަކުން ތިރީގައިވާ ގޫގަލް ފޯމް ނުވަތަ އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 2026 ސެޕްޓެމްބަރ 15 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށަކަށްވެސް ގިނަވެގެން 30 ބައިވެރިންނަށް ކަމަށްވުމާއެކު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ޖުމްލަ 30 އަށްވުރެ އިތުރުވާނަމަ، ބައިވެރިން ހޮވާނީ ކައުންސިލުން ބާއްވާ އޮޑިޝަނަކުންނެވެ.

ގޫގަލް ފޯމް ލިންކް: https://forms.gle/hyz637doqYJatuyx9

02 ސެޕްޓެންބަރު 2026
ހޯދާ