ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ވިނަ ނަޅައި ސާފުކޮށް ބެލެހެއްޓުމާ ގުޅޭ

ބައެއްގޯތި ގޯއްޗާއި، އެގޯތި ގުޅިފައިވާ މަގުތަކުގައި ހެދިފައިހުންނަ ވިނަނޮޅައި ސާފުނުކޮށް ހުރުމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. މިކަމާގުޅިގެން މިއިދާރާއިން ބެލިބެލުމުން ގިނަޢަދަދެއްގެ ގޯތިތަކާއި، ގޯތި ގުޅިފައިވާ މަގުތަކުން ވިނަނޮޅައި ސާފުކުރަމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެކިފަރާތްތަކަށް ދޫކޮށްފައިހުންނަގޯތި ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުންހިގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ސާފުނުކޮށް ހުރުމުގެ ސަބަބުން ރަށުގެ ރީތިކަން ގެއްލި ނުރައްކާތެރި ޙާދިސާތަކާއި ކުރިމަތިލާންޖެހުމަކީވެސް ދުރުކަމެއް ނޫނެވެ.

މީގެ އިތުރުން 2012 ގައި ދޫކުރެވުނު ގޯތިތަކާއި 2025 ވަނަ އަހަރު ދޫކުރެވުނު ގޯތިތަކާއި އެގޯއްޗާއި ގުޅޭ މަގުފަޅި ސާފުކޮށް ބިންގަނޑު އެއްވަރު ކުރެވިފައިވާތީ އެތަންތަން ވައު ނުވާގޮތެއްގެ މަތީން ނަޅާ ސާފުކޮށް ބެލެހެއްޓުމަށް ދަންނަވަމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2026
ހޯދާ