މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު ބަނުމާއި ސިނާއީ މަސައްކަތް ކުރުމަށް 4500 އަކަފޫޓްގެ ކުލީ ބިމެއް ދޫކުރުމާއިގުޅޭ:

(IUL)307/INDIV/2026/46:ނަންބަރު

       މިރަށުގެ ސިނާއީ މަސައްކަތްކުރާ ސަރަހައްދުން، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތްކުރުމަށް އަދި ސިނާއީ މަސައްކަތް ކުރުމަށް 45 ފޫޓް ފުޅާ 100 ފޫޓް ދިގު (4500 އަކަފޫޓް) ގެ ކުލީ ބިމެއް ދޫކުރުމަށް ހަމަޖެހިފައިވާތީ، މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  1. ބިޑް އުސޫލުން ކުލީބިން ހޯދަން އެދޭ ފަރާތްތަކުން ތިރީގައިމިވާ ގޮތުގެ މަތިން އަމަލި ކުރެއްވުންވުމުން މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

       - މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުން.

       - ބީލަމުގައި ރަޖިސްޓްރީ ކުރުމަށާއި މައުލޫމާތު ކަރުދާސް ގަތުމަށް ދައްކަންޖެހޭ 200 ރުފިޔާގެ ފީ ދެއްކުން.

       - ފުރިހަމަ ކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމު އަދި ފައިސާ ދެއްކިކަމުގެ ސްލިޕް، [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުން.

   2. ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.

   3. ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ 2026 ސެޕްޓެމްބަރ 13 ވާ އާދިއްތަ ދުވަހުގެ ހެނދުނު 13:00 އެވެ. ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.

   4. ބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

   5. ބިޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ކުލީ ބިމުގެ މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.

   6. ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތަކަކީ:

  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތަކަށް.
  •  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
  • ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް،
  • އަމިއްލަ ފަރުދުން

  7. ބީލަން ހުޅުވުން އޮންނާނީ  2026 ސެޕްޓެމްބަރ 14 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައެވެ.  ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑަށް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  8. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.

  9. ބިޑަށް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި  ބިޑަށްލުމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  10. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

  • ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
  • ކައުންސިލް އެގްޒެކެޓިވް– އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: [email protected] 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2026
ހޯދާ