ދިވެހިރާއްޖެ
އޭސީ އިންސްޓޯލްކުރުމާއި، ސަރވިސްކުރުން.
މިކޯޓުގެ އިދާރީ ބައިގައި ހަލާކުވެފައިހުރި އެއަރކޮންޑިޝަން ނެގުމަށްފަހު އައު އެއަރކޮންޑިޝަންއެއް ހަރުކުރުމާއި، ޝަރީޢަތް ކުރާ ބައިގައި ހުރި އެއަރކޮންޑިޝަން ސަރވިސް ކުރަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2026 ވާ ހޯމަދުވަހު 11:00 އަށް ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 10 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
20 C 1448
02 ސެޕްޓެންބަރު 2026
އަކްރަމް ޢަލީ
ކޯޓު އެޑްމިނިސްޓްރޭޓަރ
