މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމްއިއްޔާ ތަކަށް ދޫކުރެވިފައިވާ ބިންތަކާއި ގުޅޭ

މިރަށުން ކުލަބް ޖަމްއިއްޔާ ތަކަށް ދޫކުރެވިފައިވާ ބިންތައް ބޭނުން ނުކޮށް ހުރުމުން، މިތަން ތަކުގައި ގަސްހެދި، ތަނުގެ ސާފުތާހިރުކަން ގެއްލިފައިވާ ކަން ފާހަގަކުރެވެއެވެ.  މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިއިދާރާއިން ކުރަމުން ދާތީ، މިރަށުން މިހާތަނަށް ބިން ދޫކުރެވިފައިވާ، ކުލަބް، ޖަމްއިއްޔާތަކަކީ، މިހާރުވެސް ހަރަކާތްތެރިވަމުންދާ، ތަންތަންކަން ޔަގީންކުރުމަށް ބޭނުންވެއެވެ.

  1. ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް މާއުނގޫދޫ އެންވަޔަރަންމަންޓް އެންޑް ސްޕޯރޓްސް (ފޭމްސް)
  2. ސޮސައިޓީ ފޯރ މާއުނގޫދޫ ޔޫތް ލިންކޭޖް (ސްމައިލް)
  3. ސޮސައިޓީ ފޯރ އޯޕަން ޒެސްޓް އިން ބްރޯޑަރ އޮޕަޗުނިޓީޒް ފޯރ ޔޫތް އެންޑް ސްޕޯރޓްސް (ސޮޒްބޯއީޒް)
  4. މާއުނގޫދޫ އެސޯސިއޭޝަން ފޯރ އައިލެންޑް ޑިވޮލޮޕްމަންޓް (މައިޑް)
  5. ރިކްރިއޭޝަން ފޯރ ޔޫތް އެންޑް ސޮސައިޓީ އެންޕަވަރމަންޓް (ރައިޒް)
  6. ބިޔޯންޑް އިމޭޖިނޭޓިވް އޮޕްޓިމިސްޓިކް ނިފްޓީ އައިލެންޑް ކްލަބް (ބަޔޯނިކް)

އެހެންކަމުން، މިލިސްޓުގައިވާ، ކުލަބް، ޖަމްއިއްޔާ ތަކުން، އެ ކުލަބް، ޖަމްއިއްޔާ ތައް ހިންގުމުގައި ހަރަކާތްތެރިވާ މަސްއޫލު ވެރިފަރާތްތަކުގެ މަޢުލޫމާތު މި ހިނގާ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއާއި ޙިއްސާކޮށްދެއްވުން އެދެމެވެ.

ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ސެޕްޓެންބަރު 2026
ހޯދާ