މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު     

މަޤާމުގެ ނަންބަރު:

J222444

ބޭނުންވާ އަދަދު:       

1 (އެކެއް)

ރޭންކް:

އެސް. އެސް. 1                                              

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގުރޭޑް 1

މުސާރަ:            

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • އިދާރާގެ އެތެރެއާއި ބޭރު ކުނިކަހައި ފޮޅައި ސާފުކުރުން.
  • އިދާރާގެ ބަގީޗާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ސިޓީ، މެސެޖު ފަދަ ތަކެތި ހަވާލުކުރުން.
  • އިދާރާއިން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި އިދާރާއަށް ހޯދަން ބޭނުންވާ މީހުން ހޯދުން.
  • އިދާރާގެ ފުރާޅުގެ ދިޔަދޮތްވާއި ފުރާޅު ސާފުކުރުމާއި ފެންއަޅާ ހަން ސާފުކޮށް ބެލެހެއްޓުން.
  • އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

 

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަރވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނ. ހޮޅުދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.  
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560009 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6560009 އެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ.

30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016
ހޯދާ