ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ފަޅުތެރޭގައި ފާނަ ކޮށި އެޅުމުގެ ފުރުޞަތު ހުޅުވާލުން

ގދ. ރަތަފަންދޫ ފަޅުތެރޭގައި ފާނަ އާލާކޮށް ގެންގުޅުމަށްޓަކައި، ފާނަ ކޮށި އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި: 10 ސެޕްޓެންބަރު 2026 (ބުރާސްފަތި) ދުވަހުގެ 00:14 ގެ ކުރިން.
  • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާ ނުވަތަ މި އިދާރާގެ ރަސްމީ އީމެއިލް [email protected] މެދުވެރިކޮށް.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6841626 އަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

02 ސެޕްޓެންބަރު 2026
ހޯދާ