ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރޭނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

އިޢުލާން

ޓްރޭނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން:             

މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމަކަށް ތިރީގައިމިވާ މަޢުޟޫޢުތަކަށް ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

  1. Patriarchy, masculinity and gender
  2. Power, use of force and consent and understanding Domestic Violence
  3. Domestic Violence, types, causes and consequences
  4. The cycle of violence and why women remain in violent relationships
  5. Impact of violence on children
  6.  Understanding the why and who of Domestic Violence perpetrator
  7. Human Rights
  8. Value clarification
  9. Assisting survivors in crisis
  10. 10. Personal safety and self-care
  11. 11. Communication

ކުރަންޖެހޭ މައިގަނޑު މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި މަތީގައިވާ މަޢުޟޫޢުތަކަށް ސެޝަން ނަގައިދިނުން.  

މަސައްކަތުގެ އަގު

ގަޑިއަރަކަށް -/250 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ތަން

މާލެ އަދި އަތޮޅުތެރެ

ތަޢުލީމާއި ތަޖުރިބާ

 

  1. މި މަޢުޟޫޢުތަކާ ގުޅޭ ތަމްރީނެއް ފުރިހަމަކޮށްފައިވުން.
  2. މިފަދަ ސެޝަންތައް ފެސިލިޓޭޓްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.
  3. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  4. މި މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ (ޕަވަރޕޮއިންޓް ޕްރެސެންޓޭޝަން) ބޭނުންކުރަން އެންގުން.
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.
  6. އަތޮޅުތަކަށް މިމަސައްކަތާ ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރިނުވުން.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވީމާ، ސެޝަންތައް ފެސިލިޓޭޓްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 25 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

02 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016
ހޯދާ