ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.ހޯރަފުށި ބޮޓްލިންގ ޕަލާންޓް މަޝްރޫޢުގެ އެޗް.ވީ.އޭ.ސީ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2026/141

އިޢުލާން

ހއ.ހޯރަފުށި ބޮޓްލިންގ ޕަލާންޓް މަޝްރޫޢުގެ އެޗް.ވީ.އޭ.ސީ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި އިޢުލާނާއެކު ހިމަނާފައިވާ TORއާއި އެއްގޮތަށް ހއ.ހޯރަފުށި ބޮޓްލިންގ ޕްލާންޓް މަޝްރޫޢުގެ އެޗް.ވީ.އޭ.ސީ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

02 – 09 ސެޕްޓެމްބަރ 2026

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

08 ސެޕްޓެމްބާރ 2026

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

10 ސެޕްޓެމްބާރ 2026

11:00 ހެނދުނު

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ  [email protected] އަށެވެ. މި އިއުލާނާއި ގުޅުހުރި އިތުރު ލިޔެކިއުންތައް ރަޖިސްޓްރީވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

-          އިޢުލާން ނަންބަރ

-          ކުންފުނީގެ ނަން

-          ނަމާއި ފޯނު ނަންބަރ

-          އީ.މެއިލް އައިޑީ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

   

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

02 ސެޕްޓެންބަރު 2026
ހޯދާ