ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާގެ ވަގުތީ މަސައްކަތުމީހެއްގެ މަޤާމަށް މީހުން ހޮވުމަށްޓަކައި 14 ޖަނަވަރީ 2016 ގައި ކުރެވުނު Gs-175/IL/2016/02 ނަންބަރުގެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް ދާއިމީ މީހުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
188-OD/22/2016/09 |
ބޭނުންވާ އަދަދު: |
2 (ދޭއް) |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގުރޭޑް 1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މުސާރަ: |
-/3100 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން: |
ދ. މާއެނބޫދޫ މަދަރުސާ |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
- ކިޔަންޖެހޭ މީސްމީހުންނަށް ކިޔުމާއި، ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
- ސްކޫލުގެ ގޯތިތެރެއާއި ދޮރުމަތި ކުނިކަހައި ސާފުކުރުމާއި، އިމާރާތްތަކުގެ އެތެރެއާއި ބޭރު ސާފުކުރުން.
- ދިޔަދޮވިތަކާއި ފުރާޅު ސާފުކުރުން.
- ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
- ސާފުތާހިރުކަމާއެކު ވާރޭފެން ނެގުން.
- ގަސްތައްކޮށައި، ފެންދީ، ބެލެހެއްޓުން.
- ސްކޫލަށް ގެންނަންޖެހޭ ތަކެތި (މާލެއިން ގެނެސްފައި ހުންނަ ތަކެތި ފަދަ) ސްކޫލަށް ގެނައުމާއި، ސްކޫލުން ފޮނުވަންޖެހޭ ތަކެތި ގެންގޮސްދިނުން.
- ވަޒީފާއާ ގުޅޭ އޮފީހުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާތަކަށް އެންމެ ޤާބިލް ފަރާތްތަކެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމުތަކުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މި މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު، 2016 ފެބުރުވަރީ 23 އާއި 2016 ފެބުރުވަރީ 25 އާ ދެމެދުގެ ތާރީޚެއްގައި މި މަދަރުސާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޤާމްތަކަށް އެދެންވީ ގޮތާއި ސުންގަޑި:
2016 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން މި މަދަރުސާއަށް ފޯމު ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ދ. މާއެނބޫދޫ މަދަރުސާއިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް) (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދ. މާއެނބޫދޫ މަދަރުސާގެ 7952919 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
2 ޖުމާދަލްއޫލާ 1437