ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާގާމު: |
ޕްރޮސެސިންގ އޮފިސަރ |
ބޭނުންވާ ޢަދަދު |
100 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޅ.ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސްކާރުޚާނާ |
އަސާސީ މުސާރަ: |
-/3320 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60 ހުރުމާއި ކެއުން ފެލިވަރުގައި ހަމަޖެހޭނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ފެލިވަރުން ފެރީގެ ޚިދުމަތް ދެވޭ ރަށްރަށުގެ ފަރާތްތަކަށް ރަށަށް ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން އެހެނިހެން ރަށްރަށުގެ ފަރާތްތަކަށްވެސް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މަސްދަޅު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
ޝަރުޠު: |
އަންހެނެއް ކަމުގައިވުން. އަދި މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ހުރުމާއެކު ގިނަވަގުތު މަސައްކަތް ކުރެވޭނޭ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން. |
މަތީގައި ދެންނެވިފައިވާ މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީގެ ފައިސާއާއި ކަނޑައެޅިފައިވާ އުސޫލުން ބޯނަސް ލިބިދެވޭނެއެވެ.
ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ އާއެކު ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން-201 އަށް ގުޅުއްވުން އެދެމެވެ.
2 ޖުމާދަލްއޫލާ 1437