މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގާފަރު ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ގާފަރުގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލައިގެން ގާފަރު ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ގޫގްލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ގޫގްލް ފޯމްގެ ލިންކް މިއިދާރާގެ މީސްމީޑިއާގެ އެކިމަންސަތަކުގައި ހިއްސާކުރެވޭނެއެވެ. މުބާރާތުގެ ގަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.
01 ސެޕްޓެންބަރު 2026
ހޯދާ
