ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކާއި ގޯތިތަކަށްވާ މަގުފަޅި ސާފުކުރުމާއި މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާގުޅޭ:

ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާންކަމާއެކު ފަސޭހައިން ބޭނުންކުރެވޭނެ ތަންތަނަށް ހެދުމުގެ މަޤްޞަދުގައި ދަންނަވަމެވެ.

މި ރަށުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ގެވަޅުތަކާއި ފަޅު ގޯތިތަކުގައި ވިނަފަޅައި ޖަންގަލި ވެފައިވުމާއި، ގޯތިތަކާ އިންވެގެންވާ މަގުފަޅިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުމަތި ހަޑިވެ، މަދިރި ފަދަ ގެއްލުންދެނިވި ސޫފާސޫފި އާލާވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން، ބައެއް ގޯތިތަކުގައި ހުންނަ ގަސްގަހާގެހީގެ ގޮފިތަކާއި ރުއްރުކުގެ ފަންތައް މަގުމައްޗަށް އެލިފައި ހުރުމުގެ ސަބަބުން، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދެއެވެ.

ވިމާ، ހދ. ކުމުންދޫ ކައުންސިލްގެ "މަގުމަތި ކުނިކެހުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު: 2019/R-185) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ ފަރާތަކުންވެސް އެ ފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި، އެ ގޯއްޗަކާ ވީ ފަޅީގެ މަގުގެ ދެބައިކުޅައެއްބައި ކުނިކަހައި ސާފުކޮށް ބެލެހެއްޓެވުމަށް ދަންނަވަމެވެ. އަދި ހަމައެއާއެކު، "އާންމު އުނދަގުލާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2019/R-193) ގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. ވީމާ، މި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރެއްވުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ވީމާ، އިސްވެ ދެންނެވުނު ފަދަ ގޯތިތަކުގެ ވެރިފަރާތްތަކުންނާއި ވާރުތަވެރިން، މިއަދުން (01 ސެޕްޓެންބަރު 2026) ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެ ގޯތިތަކާއި ގޯއްޗާ އިންވެގެންވާ މަގުފަޅި ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާގޮތަށް ބަހައްޓާފައިވާ މުދަލާއި ތަކެތި ވެސް މި މުއްދަތުގެ ތެރޭގައި ނަންގަވައި މަގުމަތި ހުސްކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި މި އެންގުމާ އެއްގޮތަށް ޢަމަލުނުކުރައްވާ ފަރާތްތަކާމެދު، ޤާނޫނާއި ޤަވާޢިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

01 ސެޕްޓެންބަރު 2026
ހޯދާ