ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ.ކ އިން ބޭއްވުމަށް ހަމަޖެހިފައިވާ ފިޓްނަސް ޕްރޮގުރާމާއި ގުޅޭ

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން 19 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތައް، ތިން ދަންފަޅިއަކަށް ބަހާލައިގެން، ހެނދުނާއި، ހަވީރު އަދި ރޭގަނޑު ވަނީ ކަސްރަތު ޕްރޮގުރާމެއް ފެށުމަށް ހަމަޖެހިފައެވެ. މި ޕްރޮގުރާމުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 40 ފަރާތަކަށެވެ. މި ޕްރޮގުރާމުގެ މަގުސަދަކީ ކަނބަލުންނަކީ ދުޅަހެޔޮ ސިއްޙަތެއްގެވެރި ބަޔަކަށް ހެދުމާއި ކަނބަލުންނަކީ ކަސްރަތުކުރުމަށް އަޙުލުވެރި ބަޔަކަށް ހެދުމެވެ.

ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިންކް މެދުމެރިކޮށް 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށައެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ސެޕްޓެންބަރު 2026
ހޯދާ