ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

1. މަޤާމުގެ ނަމާއި ރޭންކާއި ކްލެސިފިކޭޝަން: ޕްރިންޓަރ ( ދާއިމީ )/ އެސް.އެސް 3 / ސަޕޯޓް ސްޓާފް ގރ.3

2. މުސާރައާއި އިނާޔަތްތައް.   

މުސާރަ މަހަކު -/3875 ރުފިޔާ، ސަރވިސް އެލަވަންސް މަހަކު: -/1000 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

3. ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭތަން: ނެއްލައިދޫ ސްކޫލް، އިދާރީ ސެކްޝަން، ހދ.ނެއްލައިދޫ.

4. މަޤާމުގެ މަސްއޫލިއްތާއި ވާޖިބުތައް (ޚުލާޞާ)

   * ޕްރިންޓްކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން.

   * ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.

   * ޕްރިންޓް ކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން.

   * ޕްރިންޓިންގރޫމް ސާފުކުރުވައި ތަރުތީބުކޮށް ބެލެހެއްޓުން.

   * ކިޔަވައިދިނުމާއި އިދާރީ ކަންކަމާ ގުޅޭގޮތުން ލެމިނޭޓްކޮށް ބައިންޑުކުރުމަށް ހަވާލުކުރެވޭ ލިޔުންތައް ލެމިނޭޓްކޮށް ބައިންޑުކުރުން.

   * ސްކޫލުން ބާއްވާ އެކިއެކި ރަސްމީ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ކޮމްޕިއުޓަރ ޓެކްނީޝަން ނެތް ހާލަތްތަކުގައި ސައުންޑު ސެޓްކުރުމާއި ފޮޓޯ ނެގުމުގެ އިންތިޒާމު ހަމަޖައްސައި އެކަންކުރުން.

   * ކޮމްޕިއުޓަރ ޓެކްނީޝަން ނެތް ހާލަތްތަކުގައި އައި.ޓީ އާ ގުޅޭގޮތުން މުދައްރިސުންނަށާއި އިދާރީ މުވައްޒަފުންނަށާއި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. 

  * އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ހާލަތްތަކާއި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރެއްވުން.

  * ސްކޫލުގެ ރަސްމީ ދަތުރުތަކުގައި ރަށުން ބޭރަށް ދިޔުން.

  * ސްކޫލަށް ގެންނަންޖެހޭ މުދާ، ޓެކްސްޓްފޮތާއި ގޮނޑި، ޑެސްކު، މޭޒު ފަދަ ތަކެތި ގެނައުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

  * ކިޔެވުމާ ގުޅޭގޮތުން ދަރިވަރުންނާއި ޓީޗަރުން އިންތިޒާމުކުރާ ތަޖުރިބާ ދަތުރުތަކުގައި ސްކޫލުން ހަމަޖައްސާ ކޯޑިނޭޓަރެއްގޮގޮތުން އެދަތުރުތަކުގައި ބައިވެރިވުން.

5. މަޤާމުގެ ޝަރުޠުތައް.

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  ނުވަތަ

  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

  * ތަޢުލީމާއި ތަމްރީނު

  * މަސައްކަތުގެ ތަޖުރިބާ

  * ލިބިފައިވާ ހުނަރު

7. އިންޓަރވިއު

  1. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނީ 2016 ފެބުރުވަރީ 22 ން 25 އާ ދެމެދުގެ ތާރީޚެއްގައި ނެއްލައިދޫ ސްކޫލުގައެވެ.

8. މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

  1. މި މަޤާމު ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ސްކޫލް އިދާރާއަށް ހުށަހެޅުއްވުން، މި ފޯމު ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

  2. 2016 ފެބުރުވަރީ 22 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިޔެކިޔުންތަކާއެކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ.

    (ހ) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

    (ށ) ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ލިޔުންތަކާއި (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

    (ނ) ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ވަނަވަރު ތައްޔާރުކުރަންވާނީ ދިވެހިބަހުންނެވެ.

9. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން އަދި ފެކްސް: 6520534   

11 ފެބުރުވަރީ 2016
ހޯދާ