އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ކަޕް 2026" ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ރެފްރީން ދަތުރުކުރާނެ އުޅަނދެއް ހޯދުމާއި ގުޅޭ

"ކައުންސިލް ކަޕް 2026" ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 6 (ހައެއް) ރެފްރީން ދަތުރުކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އދ.މަންދޫއާއި އދ.މާމިގިއްޔާއި ދެމެދު ނުވަތަ އދ.މަންދޫއާއި އދ.މަހިބަދޫއާއި ދެމެދުގައި 13 ސެޕްޓެމްބަރ 2026 ވާއާދިއްތަ ދުވަހާއި 19 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގައެވެ. އެހެންކަމުން މިދެންނެވި ދަތުރުތައް ކޮށްދެވޭނެ އެކަށީގެންވާ ހިޔާގަނޑުޖެހި ސްޕީޑް ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. އެހެންކަމުން މިދަތުރު ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 09 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

19 ރަބީޢުލް އައްވަލް 1448

01 ސެޕްޓެމްބަރ 2026

 

01 ސެޕްޓެންބަރު 2026
ހޯދާ