އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ކަޕް 2026" ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ރެފްރީންގެ ހުރުމާއި، ދޮވެއިސްތިރިކުރުން އަދި ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

"ކައުންސިލް ކަޕް 2026" ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 6 (ހައެއް) ރެފްރީންގެ ހުރުމާއި، ދޮވެއިސްތިރިކުރުން އަދި ކައްކާ ކާންދޭން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި މުބާރާތް ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ 14 ސެޕްޓެމްބަރ 2026 އިން 18 ސެޕްޓެމްބަރ 2026 ގެ ނިޔަލަށެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ( ތިން ކޮޓަރި) ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް މީހަކަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 09 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކެއުމުގެ އަގު ވަކިވަކިންވެސް ހުށައެޅިދާނެއެވެ. އެހެންނަމަވެސް ހުރުމާއި ދޮވެއިސްތިރި ކުރުމުގެ އަގު ހުށައަޅަންވާނީ އެއްކޮށެވެ.  

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

           19 ރަބީޢުލް އައްވަލް 2026

01 ސެޕްޓެމްބަރ 2026

01 ސެޕްޓެންބަރު 2026
ހޯދާ