ދިވެހިރާއްޖެ
ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ އޯޕީޑީ އޭރިޔާގެ މަރާމާތު ނުކުރެވޭވަރަށް ފީވެހަލާކުވެފައިވާ ސީލިންގނައްޓާ އަލުން އައު ޕީވީސީ ސީލިންގއެޅުމުގެ މަރާމާތު މަސައްކަތް ކުރުމަށްބޭނުންވެއްޖެއެވެ. މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 8 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 އަށް ، ދ . ބަނޑިދޫ ޞިއްޙީމަރުކަޒު އެޑްމިން އޮފީހަށް ކޯޓޭޝަން ހުށައެޅުއްވުމަށްދަންނަވަމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާފަރާތްތަކަށެވެ.
މިމަސައްކަތް ކުރުމަށް ތައްޔާރުކުރެވިފައިވާ މަސައްކަތުގެ ސްޕެޝިފިކޭޝަން ފޯމް އާއި ދޮރުގެކުރެހުން ( އެނެކްސް 1 ) މިޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން 3 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހު ހެނދު 11:00 ން 12:00 އަށް މިއިދާރަށްދުރުވެ ނުވަތަ 7954778 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
މިމަސައްކަތްތައް ކޮށްދެއްވުމަށް ހުށައަޅާ ކޯޓޭޝަންތައް ހުށައެޅުމާއި ، ކެނޑުމަށް ހަމަޖެހިފައިވަނީ ، ކޯޓޭޝަންތައް ހުށައަޅާ ފަރާތްތަކުގެ ޙާޞިރުގައި 8 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 ގައި ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ އެޑްމިން އޮފީހުގައެވެ.
ވީމާ ، މިކަން އާމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
