ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު

        (IUL)388-PLN/388/2026/96 (30 އޮގަސްޓް 2026)އިއުލާނާއި ގުޅިގެން މިއިދާރާއަށް އެކަށީގެންވާ އަދަދަށް ކޯޓޭޝަން ލިބިފައިނުވާތީ ވަންދޫގެ ކުޑަކުދިންގެ ޕާކްގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ކުރުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 10:00 އަށް ވަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށައެޅުމަށް ދަންނަވަމެވެ.

މަސައްކަތްތަކުގެ ތަފްސީލް:

  1. ކުޑަކުދިންގެ ޕާކުގައި ބެހެއްޓިފައިވާ ސީސޯގެ ދަބަރުޖަހާފައި ހުރި ތަންތަން ކަހައި ކަޅުދަވާދުލުން.
  2. ޕާކްގައި އިންސްޓޯލްކޮށްފައިހުރި ކުޅޭ ސާމާނުގެ ތެރެއިން އުތުރު ފަރާތުގައި ހުރި 2 ކުޅޭ ސާމާނު އަދި ދެކުނު ފަރާތުގައި ހުރި 1 ސާމާނު އަލުން ރަނގަޅަށް އިންސްޓޯލްކުރުން.
  3. ޕާކްގެ ހުޅަނގު ފަރާތުގައި މިވަގުތު ޓާރފްނެގިފައިވާ ސަރަހައްދުގެ ވޯކްވޭއާއި ކައިރީ ފާރުގައި ބްރެކެޓް ހަރުކޮށް މޯޓަރު ބަހައްޓައި މޯޓަރު ހިޔާވާގޮތަށް ބޮކްސް އެއް ހެދުން. އަދި ސޮކެޓް ސްވިޗް އެއް ހަރުކުރުން.
  4. ޕާކްގެ ފެންހޮޅި ހުޅަނގު ފާރު ބޭރުން ބިމުގެ އަޑިން ގެނެސް މޯޓަރާއި ގުޅުން. އަދި ޕާކްގެ ކޮންމެ ކަނެއްގެ ފާރުގައި 1 އިސްކުރު ހަރުކުރުން. (ހޮޅިއަޅާނީ ބައުންޑަރީ ވޯލްގެ އެތެރެ ފަރާތު އަރިން). ޕާކްގެ މެދުގައި ހެދިފައިވާ ވަށްބުރުގެ އެތެރޭފަރާތު ފާރުގައި 1 އިސްކުރު ހަރުކުރުން. (ވަށްބުރުގެ ތެރެއަށް ހޮޅިވަނީ އެޅިފައި).
  5. ޕާކްގެ ހުޅަނގު ފަރާތުން މޯޓަރު ބަހައްޓާ ހިސާބާއި 2 ފޫޓް ދުރުމިނުގައި ސިމެންތި ބޭނުންކޮށްގެން 10 އިންޗި އުސް، 60 ސެންޓިމީޓަރު ދިގު އަދި 30 ސެންޓިމީޓަރު ފުޅާ ބުޑެއް އެޅުމަށްފަހު ޑިސްޓްރިބިއުޝަން ފޮށި ބަހައްޓައި ކަރަންޓް މީޓަރު ހަރުކޮށް ކަރަންޓް ވައިރުކުރުން.

 

*ކޯޓޭޝަން ހުށަހަޅާއިރު ކޮންމެ މަސައްކަތަކަށް ވަކިވަކިން އަގު ހުށައެޅުމަށް ދަންނަވަމެވެ. އަދި މުޅި މަސައްކަތުގެ މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

 

ކައުންސިލުން ފޯރުކޮށްދޭނެ ތަކެތި:

  • 300×600×800 އެމްއެމް ޑިސްޓްރިބިއުޝަން ފޮށި
  • ކަރަންޓް މީޓަރު، އެމްސީބީ، އީއެލްސީބީ، ބްރޭކަރު (10)، އާތްރޮޑް، ސޮކެޓް، ސޮކެޓް ސްވިޗް
  • ފެން އިސްކުރު
  • މޯޓަރު        

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ސެޕްޓެންބަރު 2026
ހޯދާ