ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: ހެލްތު އޮފިސަރ |
ބޭނުންވާ އަދަދު: 1 |
މުސާރަ : -/5610 ރ (މަހަކު) |
|
ކުލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް1/ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް: އެމް.އެސް.1 |
ސަރވިސް އެލަވަންސް: -/2000ރ (މަހަކު) |
|
އިނާޔަތްތައް: ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ އިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ. |
|||
މަޤާމުގެ ޝަރުޠު |
|
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
- ބަލިވެގެން ހެލްތުރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުން އަދި އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި ގެއަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑު ކުރުމަށްފަހު އެކުދިން ގެއަށް ފޮނުވުން. - ޞިއްޙީ ޕްރޮގްރާމްތައް ސްކޫލްގެ އިދާރާއާ ގުޅިގެން ރާވައި ހިންގުން. - ސްކޫލުގެ ޙަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާ ކަމަކުން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ އެކަން ސްކޫލުގެ އިދާރާއާ ގުޅިގެން ހަމަޖެއްސުން. - ހެލްތުރޫމަށް ބޭނުންވާ ތަކެތި ސްކޫލުގެ އިދާރާއާ ގުޅިގެން ހޯދުން. އަދި ހެލްތުރޫމު ބަލަހައްޓައި އެތަނުން ލިބެންވާ ސަސްޓްއެއިޑް ދަރިވަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. - ދުވާލަކު އެއްފަހަރު ސްކޫލުގެ ހުރިހާ ފާޚާނާތަކެއް ޗެކުކޮށް، މަސައްކަތު މީހުން ލައްވައި ސާފުކުރުވުން. - ސްކޫލުން ރާވާ އެކިއެކި ޙަރަކާތުގައި ދަރިވަރުންނަށް އެހީތެރިވެ ފަސްޓްއެއިޑް ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތް ދިނުން - ވާރޭފެންތާނގީތަކުގެ ސާފުތާހިރުކަން ބަލައި، ފެން ޗެކްކުރުމާއި، ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ދަރިވަރުންގެ ހެލްތު ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއޓުމާއި، ސްކޫލް ހެލްތު ޕްރޮގްރާމް ހިނގި ގޮތުގެ ރިޕޯޓުތައް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން. - އޮފީހުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގައި ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
||
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ސެކްޝަން: |
ފ.ބިލެތްދޫ ސްކޫލް، އެކަޑަމިކް ސެކްޝަން (ސްޕަވައިޒަރސްރޫމް) |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މިމިންގަނޑުތަކާއި އުސޫލުތައް ސިވިލް ސަރވިސްގެ ވެބްސައިޓް: www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މިގޮތުން މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލު ފަރާތް ކަމުގައި ކަނޑައަޅާގެންނެވެ.
|
||
އިންޓަރވިއު ކުރުން: |
އިންޓަރވިއު އޮންނަ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
- ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު. (މިފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު (www.csc.gov.mv) އިން ލިބެން ހުންނާނެ) - ލިބިފައިވަ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޓިޑްކޮށް އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު." (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.) - ހުށަހަޅާ ލިޔުންތަކުގެ ލިސްޓު. |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދިިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ސްކޫލް އޮފީހަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެވާހަކަ ދެންނެވީމެވެ. |
||
އިތުރު މަޢުލޫމާތު: |
މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ބިލެތްދޫ ސްކޫލުގެ 7952913 ނަންބަރު ފޯނާއެވެ. |