ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2026/38 |
|
ތާރީޚް |
19 ރަބީޢުލްއައްވަލުުް 1448 |
|
|
01 ސެޕްޓެމްބަރު 2026 |
ގޯތި ތަކުގެ ވަށައިގެންވާ މަގުތަކާއި،ގޯޅިތައް ކުނިކަހާ،ސާފުކޮށް ބެލެހެއްޓުމާބެހޭ
ރަށުގެ މީހުން ދިރިއުޅޭ ގޯތިތަކާއި، މީހުން ދިރިނޫޅޭ ގޯތިތައް އަދި ސަރުކާރުގެ ބައެއް މުއްސަސާތަކުގެ މަގުތަކާއި އެމަގުތަކާއި ގުޅިފައިވާ ގޯޅިތައް ސާފުކޮށް ބެލެހެއްޓެމުން ނުދާތީ ރަށުގެ މަގުތަކުގައި އާދަޔާ ޚިލާފަށް ވިނަގަސްތައް ހެދި، ރަށުގެ ސާފުތާހިރުކަންވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
އެގޮތުން މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި، މިކައުންސިލުން ވާނީ މީގެ ކުރިންވެސް ތަފާތު އެތަކެއް ފަހަރުމަތިން އެކިގޯތި ތަކުގެ ވެރިންނަށް މަގުސާފުކުރުމާއި ބެލެހެއްޓުމަށް ލިޔުމުން އަންގާ ނަސޭހަތްތެރިވެފައެވެ.ނަމަވެސް މަދު ގެއަކުން ފިޔަވައި މިކަމަށް އެއްބާރުލުންދީ އިޖާބަދީފައި ނުވެއެވެ.
ވީމާ، ރަށުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި،އިތުރަށް މިކަމަށް ސަމާލުކަން ދެއްވައިގެން ގޯތިތަކުގެ މަގުތަކާއި،ގޯޅިތައް ވިނަނޮޅާ،ކުނިކަހާ ސާފުކޮށް ބޭއްވުމަށް ތަކުރާރުކޮށް،ނަސޭހަތްތެރިވެ އިލްތިމާސްކުރަމެވެ.
ލަމްޢާން ވަޙީދު
ކައުންސިލްގެ ރައީސް
