ދިވެހިރާއްޖެ
ކުރިން ބައިސަން ގުދަނުގެ ގޮތުގައި ބޭނުންކުރި އިމާރާތް 6 ގޮޅިޔަށް ބައިކޮށްލުމަށްފަހު އެ ގޮޅިތައް 5 އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރިމުދާ ގުދަން ކުރުމަށާއި ވިޔަފާރި މުދާ ނޫން އެހެނިހެން ތަކެތި ގުދަން ކުރުމަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ކުރެހުން އިޢުލާނާ އެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
|
ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާގޮތް |
|
|
18x14 ފޫޓް |
3 ގޮޅި |
|
16x14 ފޫޓް |
3 ގޮޅި |
|
ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް |
|
|
ވިޔަފާރި މުދާ ގުދަން ކުރުމަށް |
ހުށަހެޅޭ އެންމެ ކުޑަ އަގު: އަކަފޫޓަކަށް -/3 (ތިނެއް) ރުފިޔާ |
|
ވިޔަފާރި މުދާ ނޫން އެހެނިހެން ތަކެތި |
ހުށަހެޅޭ އެންމެ ކުޑަ އަގު: އަކަފޫޓަކަށް -/2 (ދޭއް) ރުފިޔާ |
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއިއެކު ބިޑް ހުށަހަޅާ ފޯމް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން މިއިދާރާގެ ރިސެޕްޝަނުންނާއި ގެޒެޓްއިން ލިބިވަޑައިގަންވާނެއެވެ. އަދި އިޢުލާންއާއިއެކު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ކުރެހުން އެއްހީރަސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ރަބީޢުލްއައްވަލް 1448
01 ސެޕްޓެމްބަރު 2026
