ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ ކައުންސިލްގެ ވެހިކަލްތައް ކުއްޔަށްދިނުމުގެ އުޞޫލަށް 5 ވަނަ އިސްލާހު ގެނައުން

 

ހއ.އިހަވަންދޫ ކައުންސިލްގެ ނަންބަރު (PP)248ESMSMS/248/2024/05 (ހއ.އިހަވަންދޫ ކައުންސިލްގެ ވެހިކަލްތައް ކުއްޔަށްދިނުމުގެ އުޞޫލު) އަށް 5 ވަނަ އިޞްލާޙު ގެނައުން

 

 1.    ބުނެވި ދިޔަ އުސޫލުގެ 4 ވަނަ މާއްދާ (ވެހިކަލް ދޫކުރާ އަގުތައް) އަށް (އ) އިތުރު ކުރުން.

4. ވެހިކަލް ދޫކުރާ އަގުތައް:            (އ) ކެރޭން ލޮރީ

1. ތަކެތި އުފުލުމުގެ ބޭނުމަށް އެކަނި ގަޑި އިރަކަށް؛ އާއްމު ފަރުދުންނަށް 350.00ރ (ތިންސަތޭކަ ފަންސާސް ރުފިޔާ). ވިޔަފާރި/ކުންފުނި/މުއައްސަސާތަކަށް 500.00ރ (ފަސްސަތޭކަ ރުފިޔާ).

2. ކެރޭންގެ ބޭނުމަށް އެކަނި ގަޑި އިރަކަށް؛ އާއްމު ފަރުދުންނަށް 1000.00ރ (އެއްހާސް ރުފިޔާ). ވިޔަފާރި/ކުންފުނި/މުއައްސަސާތަކަށް 1500.00ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ).

3. ކެރޭންގެ އަދި ތަކެތި އުފުލުމުގެ ބޭނުމަށް ގަޑި އިރަކަށް؛ އާއްމު ފަރުދުންނަށް 1200.00ރ (އެއްހާސް ދުއިސައްތަ) ވިޔަފާރި/ކުންފުނި/މުއައްސަސާތަކަށް 1800.00ރ (އެއްހާސް އަށްސަތޭކަ ރުފިޔާ).

2. ބުނެވި ދިޔަ އުޞޫލުގެ 4 ވަނަ މާއްދާ (ވެހިކަލް ދޫކުރާ އަގުތައް) ގެ (ކ) އިޞްލާޙުކުރުން.

4. ވެހިކަލް ދޫކުރާ އަގުތައް:

(ކ) ޕަސެންޖަރ ބަގީ (ގޮލްފް ކާޓު)

1. އާއްމު ފަރުދުން ގަޑި އިރަކަށް 100.00ރ (ސަތޭކަ ރުފިޔާ)

2. ވިޔަފާރި/ކުންފުނި/މުއައްސަސާތަކަށް ގަޑި އިރަކަށް 200.00ރ (ދުއިސައްތަ  ރުފިޔާ).

 

 3.  ބުނެވި ދިޔަ އުޞޫލުގެ 5 ވަނަ މާއްދާ (ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަޑުތައް)ގެ (ށ) އަދި (ވ) އަންނަނިވި ގޮތަށް ބަދަލުކުރުން.

5. ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަޑުތައް

(ށ) ޕަސެންޖަރ ބަގީ (ގޮލްފް ކާޓް) އަދި ރަށު ޕިކަޕް ކުއްޔައް ދޫކުރާނީ މަދުވެގެން 30 މިނިޓަށެވެ. މިގޮތަށް ކުއްޔަށް ދިނުމުގައި އަގް ނަގާނީ ގަޑިއިރަކަށް ޖެހޭ ރޭޓުން ބަލައިގެންނެވެ. އަދި އިތުރުވާ ވަގުތަށް އަގުނަގާނީ ފަހަރަކު ބައިގަޑިއިރަކުން އިތުރުކުރާ ގޮތަށެވެ. ޕަސިންޖަރު ބަގީ މުދާ އުފުލުމަށް ބޭނުން ނުކުރެވޭނެއެވެ.

 

(ވ) މި އުސޫލުގައިވާ ގޮތުގެ މަތިން ވެހިކަލް އޮޕަރޭޓްކުރާ ޑްރައިވަރު ހަމަޖައްސާނީ ކައުންސިލްގެ އިދާރާއިންނެވެ. އިދާރާގެ މުވައްޒަފަކު ހަމަޖެއްސެން ނެތް ހާލަތުގައި ސަރުކާރުގެ ކުންފުނި ނުވަތަ މުއައްސަސާތަކަށް ވެހިކަލް ދޫކުރާއިރު، ކައުންސްލް އިދާރާގެ ރުހުމާއެކު އެކުންފުނި ނުވަތަ މުއައްސަސާއަކުން ޑްރައިވަރަކު ހަމަޖެއްސިދާނެއެވެ. ނަމަވެސް ވެހިކަލް އޮޕަރޭޓްކުރާ ފަރާތަކީ އެކަމަށް ބޭނުންވާ ލައިސަންސް އޮތް، އެކަމަށް ޤާބިލު ފަރާތަކަށް ވާންވާނެއެވެ.

 4. ބުނެވި ދިޔަ އުޞޫލުގެ 6 ވަނަ މާއްދާ (ވެހިކަލްތައް ބޭނުންކޮށްގެން ކުރުން މަނާ މަސައްކަތް) އަށް(އ) އިތުރުކުރުން.

6. ވެހިކަލްތައް ބޭނުންކޮށްގެން ކުރުން މަނާ މަސައްކަތް

(އ) ސިޔަސީ ޕާޓީގެ ސިޔާސީ ގޮތުން ކުރެވޭ ކަންކަމުގައި އަދި ހިންގޭ ހަރަކާތްތަކުގައި ބޭނުންކުރުން.

 

5. މި އިސްލާހަށް ޢަމަލުކުރަން ފަށާނީ 1 ސެޕްޓެމްބަރު 2026 އިން ފެށިގެންނެވެ.

01 ސެޕްޓެންބަރު 2026
ހޯދާ