ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: 2 |
މުސާރަ: -/5020ރ (މަހަކު) |
|
ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 |
ރޭންކް: ޖީ.އެސް 4 |
ސަރވިސް އެލަވަންސް: -/1500ރ (މަހަކު) |
|
އިނާޔަތްތައް: ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ އިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ. |
|||
މަޤާމުގެ ޝަރުޠު |
|
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
ވަޒީފާގެ މައިގަނޑު މަސައްކަތްތައް - ރަސްމީ މަސައްކަތާއި، ނުރަސްމީ މަސައްކަތްތަކުގައި ރޭވިފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން. - ސްކޫލް އޮފީހުން ބަލަހައްޓަންޖެހޭ މުވައްޒަފުންގެ ރަޖިސްޓަރީތަކާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެެކޯޑު އަދި ހާޒިރީއާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން. - ސްކޫލުގެ ސްޓޮކް ބާކީ ބަލަހައްޓައި ތަކެތި ދޫކުރުން. - ބަޖެޓް ފޮތްތައް ލިޔެ ބެލެހެއްޓުން. - މުސާރަ ދިނުމާއި، ވައުޗަރ ތައްޔާރުކުރުން. - އިންވެޓްރީ ބެލެހެއްޓުން. - ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ބައްދަލުވުންތައް އިންތިޒާމުކުރުން. - އެންޓްރީ ލިޔެ ބެލެހެއްޓުން - ކިޔަވައިދިނުމާ ގުޅޭ ކަންތައްތަކުގައި އެހީތެރިވުން. - ދަރިވަރުންގެ ރަޖިސްޓަރީ ބެލެހެއްޓުން - ބޭރުގެ އިމްތިޙާނުތަކާ ގުޅޭ ކަންތައްތައް ބެލެހެއްޓުން. |
||
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ސެކްޝަން: |
ބިލެތްދޫ ސްކޫލް، ފ.ބިލެތްދޫ / އެޑްމިން ސެކްޝަން |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މިމިންގަނޑުތަކާއި އުސޫލުތައް ސިވިލްސަރވިސްގެ ވެބްސައިޓް: www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މިގޮތުން މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލު ފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.
|
||
އިންޓަރވިއު ކުރުން: |
އިންޓަރވިއު އޮންނަ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
- ސިވިލް ސާވިސް ވަޒީފާ އަށް އެދޭ ފޯމު. (މިފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު (www.csc.gov.mv) އިން ލިބެން ހުންނާނެ) - ލިބިފައިވަ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޓިޑްކޮށް އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދަކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ "މުވައްފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު." (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.) - ހުށަހަޅާ ލިޔުންތަކުގެ ލިސްޓު. |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދިިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ސްކޫލް އޮފީހަށް ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ. |
||
އިތުރު މަޢުލޫމާތު: |
މިމަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ބިލެތްދޫ ސްކޫލުގެ 7952913 ނަންބަރު ފޯނާއެވެ. |