ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު އަދި މަގުބައްތި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                 ހއ. ތަކަންދޫ ބަނދަރު އަދި މަގުބައްތި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                 މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6500034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ސެޕްޓެންބަރ 2026 ވަނަ ދުވަހުގެ 11:30 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ.

                 ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

01 ސެޕްޓެންބަރު 2026
ހޯދާ