މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ހަދާ ސަރަޙައްދުގައި ހުރި އާއްމުންގެ ރުއްގަހަށް ބަދަލު ދިނުމާ ގުޅޭ

             ނ. ފޮއްދޫގައި ސަރުކާރުން ތަރައްޤީ ކުރާ ބަނދަރު ސަރަޙައްދުގައި ހުރި އާންމުންގެ ރުއްގަސް ބަލާ ބަދަލު ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް މި ކައުންސިލުން ބޭނުންވެއެވެ. ވީމާ، އަމީރު އަމީން މަގުން ދެކުނަށް ގޮސް، ދިރާގު ޓަވަރ ހުރި ހިސާބަށް އެސަރަހައްދުގައި ރުއްގަސް ހުރި ފަރާތްތަކުން، 20 ސެޕްޓެމްބަރ 2026 ވާ (އާދިއްތަ) ދުވަހުގެ 14:00 ގެ ކުރިން ރުއް ގަސް ހުރި އަދަދާ އެކު ނަން ނޯޓް ކޮށްދެއްވުން އެދެމެވެ. ނަން ނޯޓް ކުރައްވާނީ ކައުންސިލުގެ ހޮޓްލައިން 9410016 އަށް ވައިބަރ ކޮށްގެންނެވެ.

             ވީމާ، މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 އޮގަސްޓް 2026
ހޯދާ