ދިވެހިރާއްޖެ
އައުޑޯރޖިމް އަޅާ ސަރަހައްދުން ވައްޓާލެވިފައިވާ 1 ގަސް ތިނބި އަދި 1 ގަސް މިދިލި ނީލަން ކިއުން 01 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު އޮންނާނެއެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 ގެ ކުރިން ދައްކާ ނިންމަން ވާނެއެވެ. ނީލަމުން ނަގާ ތަކެތި އެސަރަހައްދުން ނަންގަވަންވާނީ ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހުގައެވެ. ނީލަން ކިޔާ ދުވަހުގެ ފަހު ދުވަހުން ފެށިގެން ބަންދުވަސްތަށް ހިމަނައިގެން 7 ދުވަހުގެ ތެރޭގައި ތަކެތި ނަގާ އެސަރަހައްދު ސާފުކުރަން ޖެހޭނެއެވެ. މަތީގައި ދެންނެވިފައިވާ ގޮތާއި ޚިލާފު ވެއްޖެނަމަ ކައުންސިލުން ނިންމާގޮތެއްގެ މަތީން އަމަލުކުރެވޭނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 04:15 އަށް ފުޓްބޯޅަ ދަނޑު ހުޅަނގު ދެކުނު ސަރަހައްދަށް ވަޑައިގެން ދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
