ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްލާމިކް ސެންޓަރު އެޅުމަށް ހަމަޖެހިފައިވާ ބިމުން ކަނޑާފައިވާ ރުއްގަހުގެ ނީލަން ކިއުމަށް

އިޢުލާން

 

މިރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރު އެޅުމަށް ހަމަޖެހިފައިވާ ބިމުން ކަނޑާފައިވާ ރުއްގަހުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

ނީލަން އޮންނަ ދުވަސް:

01 ސެޕްޓެމްބަރ 2026  

ގަޑި:

ހެނދުނު 09:00  

ނީލަން އޮންނަ ތަން:

އިސްލާމިކް ސެންޓަރު އެޅުމަށް ހަމަޖެހިފައިވާ ބިމުގައި

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ބާވަތް

ނީލަން ފެށޭއަގު

49

ރުއް ( ރުކެއް )

ނީލަމުން އަންނަފަރާތުން އަގު ކަނޑައެޅުން

 

ގަހުގެ ދަރުތައް

ނީލަމުން އަންނަފަރާތުން އަގު ކަނޑައެޅުން

 

 

 

މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7714700413002(1286 ރެވެނިއު2) އެކައުންޓަށް  ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ފައިސާ ޖަމާނުކުރާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ނެގި ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުނން ކައުންސިލުން ދިނުމުންނެވެ.

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2026 ސެޕްޓެމްބަރ 02ވަނަ ދުވަހުގެ 17:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި ކައުންސިލުން ބޭނުންވާގޮތަށް އެތަކެއްޗާއި މެދު ޢަމަލު ކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 އޮގަސްޓް 2026
ހޯދާ