ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަޑިފުށީ ކައުންސިލް ވޮލީ މުބާރަތް 2026" ލައިވް ކަވަރޭޖް އަދި ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް ލައިވް ކަވަރޭޖް އަދި ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. ކޮންމެ މެޗެއްގައި މަދުވެގެން 15 ފޮޓޯ ނަގައި މި އިދާރާގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކުރުން.
  2. ކޮންމެ މެޗެއްގައި މެޗް ފެށުމުގެ 8 ގަޑިއިރު ކުރިން މެޗްޑޭ ޕޯސްޓް އާންމު ކުރަންވާނެއެވެ.
  3. ޕޯސްޓް ތަކުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު
  4. ކައުންސިލްގެ ލޯގޯ
  5. މުބާރާތުގެ ލޯގޯ
  6. މެޗް ނިމުމަށްފަހު މޮޅު ކުޅުންތެރިޔާގެ ޕޯސްޓް ތައްޔާރު ކުރުން
  7. މޮޅު ކުޅުންތެރިޔާގެ ފޮޓޯ ، ފުރިހަމަ ނަން، ޖާޒީ ނަމްބަރު، ޓީމްގެ ލޯގޯ
  8. މެޗުގެ ނަތީޖާ، ސެޓް އަދި ޕޮއިންޓް އެނގޭނެ ގޮތަށް
  9. މެޗް ނިމުމަށް ފަހު 60 މިނެޓް ތެރޭގައި ޕޯސްޓް ކުރަން ވާނެއެވެ.
  10. ފޮޓޯ ނަގާ ފަރާތުން މެޗް ފެށުމުގެ 10 މިނެޓް ކުރިން ވޮލީ ކޯޓަށް ހާޒިރުވާން ވާނެއެވެ.
  11. މުބާރާތުގެ ލައިވް ކަވަރޭޖް މެޗް ފެށުމުގެ (ޓޮސް) 5 މިނެޓް ކުރިން ފަށަންވާނެ އެވެ.
  12. މެޗްގެ ސްކޯ، ކަވަރޭޖް ކުރިޔަށް ދާއިރު ފެންނަންވާނެއެވެ.
  13. ލައިވް ކަވަރޭޖްގެ ކުއަލިޓީ 1080P އަށް ވުރެ ދައްވެގެން ނުވާނެވެ.
  14. މުބާރާތުގެ ޓީމްތަކުގެ ލޯގޯ، އަދި އެހެނިހެން ގޮތުން ޕޯސްޓް ތަކުގައި ހިމަނަންޖެހޭ ލޯގޯތަށް މި އިދާރާއިން ފޯރުކޮށްދޭނެއެވެ.
  15. މުބާރާތުގެ ފެށުމުގެ އަދި ނިންމުމުގެ ރަސްމިއްޔާރު ލައިވް ކުރުން.
  16. ފެށުމުގެ އަދި ނިމުމުގެ ރަސްމިއްޔާތުގެ ފޮޓޯ ނެގުން ، މަޤާމްތަކަށް ހޮވޭ ފަރާތްތަކުގެ ފޮޓޯ ނަގައި އެޑިޓްކޮށް، ޕޯސްޓް ކުރުން، (މުބާރާތް ނިމުމަށް ފަހު 8 ގަޑީރު ތެރޭގައި)
  17. ނަގާ ހުރިހާ ފޮޓޯގެ ކުއަލިޓީ ރަނގަޅުވާން ވާނެއެވެ. (minimum requirements)
  18. ރިސޮލިއުޝަން : 150dpi
  19. ޑައިމެންޝަން: 1000x1000 pixels

ފައިނަލް މެޗްގެ މަގާމްތަކާއި ވަނަ ތަކުގެ ޕޯސްޓްތައް ރަސްމިއްޔާތު ނިމޭތާ 3 ގަޑިއިރު ތެރޭގައި ޕޯސްޓް ކުރަންވާނެއެވެ. ހުރިހާ ޕޯސްޓެއް އަޕްލޯޑް ކުރާނީ މި އިދާރާގެ ފޭސްބުކް ޕޭޖްއިންނެވެ.  މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ކޯޓޭޝަން (އަގު ހުށަހަޅާ ފޯމް) ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެވޯޑް ކުރުމުގައި ބަލާނީ އެންމެ ކުޑަކޮށް އަގު ހުށަހަޅާ ފަރާތަށް ކަމުގައި ދަންނަވަމެވެ. އަގުހުށަހަޅާ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

31 އޮގަސްޓް 2026
ހޯދާ