ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމަރުކަޒުގެ ބޮޑުހޯލް ވަށައިގެން ވާ އަސްކަނި ސީލިން މަރާމާތު ކުރުމުގެ މަސައްކަތްތައްކުރުމާއި ބެހޭ.
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ށ. ކޮމަންޑޫ
އިޢުލާން ނަންބަރ: 09/GS09/2026
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިމަރުކަޒުގެ ބޮޑުހޯލް ވަށައިގެން ވާ އަސްކަނި ސީލިން މަރާމާތު ކުރުމުގެ މަސައްކަތްތައްކުރުމާއި ބެހޭ.
- މިމަރުކަޒުގެ ބޮޑުހޯލް ވަށައިގެންވާ އަސްކަނި މަރާމާތުކޮށް އަލުން ހެދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 01 ސެޕްޓެމްބަރ 2026 ން 06 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ތިރީގައިވާ އީމެއިލްއަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރުއްވުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ސްކޫލްގެ އީމެއިލް އެޑްރެހަށް [email protected] އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 09 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މި ޕްރޮކުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 01 ސެޕްޓެމްބަރ 2026 އިންފެށިގެން 07 ސެޕްޓެމްބަރ 2026ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
- މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 6540062
އީ-މެއިލް [email protected]
31 އޮގަސްޓް 2026
ހޯދާ
