ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސްރަތު ޕްރޮގްރާމް ހިންގުމަށް ގެންނަ ޓްރެއިނަރގެ އެކަމަޑޭޝަން ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އ.ތ.މ ކޮމެޓީ އިން އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް ހިންގުމަށް ގެންނަ ޓްރެއިނަރގެ ތިރީގައިމިވާ އެކަމަޑޭޝަން ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

- އޭސީ ރޫމް (01 މަސް)

- ހުރުމާއި ކެއުން

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހު 11:00 ށް މި އިދާރާއަށް އަގު ހުށަހެޅުންއެދެމެވެ.

އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

-  ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.

-  އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ކޯޓޭޝަން ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ، 6820020 އަށް ގުޅުއްވުން އެދެމެވެ.

31 އޮގަސްޓް 2026
ހޯދާ