ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު- ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ބަނދަރު ސަރަޙައްދު ތަރައްޤީކޮށް ރީތިކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާރވޭހަދައި ލޭންޑްސްކޭޕިންގް ހެދުމާއި ބީއޯކިއު ހަދާދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު-ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ބަނދަރު ސަރަޙައްދު ތަރައްޤީކޮށް ރީތިކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާރވޭހަދައި ލޭންޑްސްކޭޕިންގް ހެދުމާއި ބީއޯކިއު ހަދާދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ބަނދަރު ސަރަޙައްދު ތަރައްޤީކޮށް ރީތިކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާރވޭހަދައި ލޭންޑްސްކޭޕިންގް ހެދުމާއި ބީއޯކިއު ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.އަދި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 09 ސެޕްޓެންބަރު 2026ވާ ބުދަ ދުވަހުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

 މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ސެޕްޓެންބަރު 2026ވާ އާދީއަތް ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

 މި ބިލާމާގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 10 ސެޕްޓެމްބަރު 2026ވާ ބުރާސްފަތި ދުވަހުގެ 12:30ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected]  އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2026
ހޯދާ