އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މަލްޓިސްޕެޝަލިޓީ ސާރޖިކަލްވިންގަށް އަރާދިމާލުގައި ބަހައްޓާ ލިފްޓު ގޮޅީގެ (ލިފްޓް ޝާފްޓް) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު 

އިޢުލާން ނަމްބަރ:   137-IU/PR/2026/131

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/W-24

 

ޕްރޮޖެކްޓްގެ ނަން: މަލްޓިސްޕެޝަލިޓީ ސާރޖިކަލްވިންގަށް އަރާދިމާލުގައި ބަހައްޓާ ލިފްޓު ގޮޅީގެ (ލިފްޓް ޝާފްޓް) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މަލްޓިސްޕެޝަލިޓީ ސާރޖިކަލްވިންގަށް އަރާދިމާލުގައި ބަހައްޓާ ލިފްޓު ގޮޅީގެ (ލިފްޓް ޝާފްޓް) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މަސައްކަތުގެ ތަފްސީލް ހިމެނޭ  ބީއޯކިއު މިއިއުލާނާއެކު ހިމަނާފައިވާނެއެވެ.   

ވީމާ، މިމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

  1. ބިޑް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް 
  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި   އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ.  
  • އޮޕްޝަން / އޮފަރ ގެ ގޮތުގައި ހުށަހެޅޭނީ  ގިނަވެގެން  02 އޮޕްޝަން / އޮފަރ އެވެ.   
  • މިބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުމެއް 03 ސެޕްޓެމްބަރ 2026 11:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓުގައި އޮންނާނެއެވެ. އަދި މިބައްދަލުވުމަށްފަހު މަސައްކަތް ކުރާ ސައިޓް ދެއްކުން އޮންނާނެއެވެ.  މިބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުސަތުދެވެން ނޯންނަނެއެވެ.
  • މި ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް/ ކޯޓޭޝަންގެ  ސޮފްޓްކޮޕީ ޕެންޑްރައިވް ގައި ހުށަހަޅަންވާނެއެވެ.
  • ބީލާމާއި ގުޅޭ މައުލޫމާތު/ ކުރެހުން / ޑޮކިއުމަންޓް މިހޮސްޕިޓަލުގެ ވެބްސައިޓް WWW.igmh.gov.mv  ގެ ޕަބްލިކޭޝަންސް އިން ލިބެން ހުންނާނެއެވެ.
  1. ހުށަހަޅަންޖެހޭ ތަކެތި 
  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ 
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) 
  • ޕްރޮޖެކްޓަށް ހުށަހަޅާފައިވާ އަގުގެ %30 ބޭންކް އެކައުންޓުގައި ހުރިކަން އަންގައިދޭ ލިޔުމެއް (ބިޑް އިއުލާނުކުރާ ތާރީހުން ފެށިގެން ވޭތުވެދިޔަ  01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކްގެ ލިޔުމެއް) ނުވަތަ ޕްރޮޖެކްޓަށް ހުށަހަޅާފައިވާ އަގުގެ %30 ކްރެޑިޓް ފެސިލިޓީއެއް ހަމަޖެހިފައިވާކަން އަންގައިދޭ ކްރެޑިޓް ފެސިލިޓީދޭ ފަރާތުން ދީފައިވާ ލިޔުމެއް 
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް (އިމާރާތް ކުރުން ނުވަތަ މަރާމާތުކުރުން) ފަދަ މަސައްކަތް ކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން 

    3. އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް 

  • މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.  

ކެޓެގަރީ 

މާރކްސް 

މާރކްސް ދެވޭ އުސޫލު 

އަގު 

60 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

2

މުއްދަތު

40

އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް 

ބީލަން ހުށަހަޅާނެގޮތް 

ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް 

މަލްޓިސްޕެޝަލިޓީ ސާރޖިކަލްވިންގަށް އަރާދިމާލުގައި ބަހައްޓާ ލިފްޓު ގޮޅީގެ (ލިފްޓް ޝާފްޓް)  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.   

ބީލަން ހުށަހެޅުން 

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ  10 ސެޕްޓެމްބަރ 2026 ގެ  13:00ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 

  1. ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން. 
  2. ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 
  3. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)  
  4. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

ނޯޓު: 

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ. 

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު: +960 3335349 ، +960 3335254 

އީމެއިލް[email protected] 

ކޮޕީ: [email protected] 

    [email protected] 

31 އޮގަސްޓް 2026
ހޯދާ