ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2  

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ފޯކައިދޫ ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ                       

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނާއި ޤަވާޢިދުގައިވާގޮތުގެމަތިން ފައިސާގެ އެންމެހައި ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.

2. މުވައްޒަފުންނަށް މުސާރަދިނުމާއި، އެހެނިހެން ކަންކަމަށް ހޯދަންޖެހޭ ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.

3. ހިންގުމުގެ ޚަރަދާއި މުސާރައިގެ ފައިސާގެ އެކި އައިޓަމުތަކަށް ބޭނުންވާ ފައިސާގެ ތަފްޞީލް ވައުޗަރ ހެދުމަށްފަހު ފައިސާ ހޯދުމަށް ފިނޭސް މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމާއި، އެތަންތަނަށް ލިބުނުތޯ ބެލުމާއި، ފައިސާ ޖަމާވޭތޯ ނުވޭތޯ ބަލަމުން ގެންދިޔުމާއި، ޖަމާވިކަން ނުވަތަ ޖަމާނުވާކަން ކަށަވަރުކޮށް، އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

4. ބަޖެޓާ ގުޅޭގޮތުން ލިޔަންޖެހޭ ސިޓީ/ މެސެޖް ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، އެތަންތަނަށް ލިބުނުކަން ކަށަވަރުކޮށް، އެކަން އެނގޭގޮތަށް ރެކޯޑް ބަލަހައްޓައި، އެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

5. ސްކޫލުގެ ފަރާތުން މެހްމާނުންނަށް އަދާކުރަންޖެހޭ މެހްމާންދާރީގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުމާއި، އަލަށް އަންނަ ބިދޭސީ ޓީޗަރުން ގެނައުމާއި، އެމީހުންގެ އެކަމަޑޭޝަން ހަމަޖެއްސުމުގައި ސްކޫލުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަހަރީ ޗުއްޓީގައި ބިދޭސީ ޓީޗަރުން ޤައުމަށް ފުރުވައިލުމާއި، އެނބުރި އަންނަ ދުވަސްވަރު އެކަންކަމާގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

6. އިދާރީ މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީގައި ތިބޭ ދުވަސްވަރު އިދާރީގޮތުން ބެލެހެއްޓުމަށް ހަވާލުކުރާ ކަންކަން ކުރުން.  

މަޤާމުގެ ޝަރުޠު:                                             

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.             

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފޯކައިދޫ ސުކޫލުގެ އިދާރާއަށެެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ފޯކައިދޫ ސުކޫލުގެ 6540542 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

1 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ