ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކެޔޮދޫ ކައުންސިލްގެ ޕްރީ ސްކޫލް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ ފަރާތުން ހިންގަމުން އަންނަ ކެޔޮދޫ ޕްރީ ސްކޫލް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބީލަމުގައި ރަޖިސްޓްރީވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
|
|
ތާރީޚް |
ގަޑި |
ތަން |
|
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން (ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން) |
31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުން ފެށިގެން 8 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ނިޔަލަށް |
އިދާރާއަށް ދުރުވެ ރަޖިސްޓްރީ ވާނަމަ، ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 11:00 |
ރަޖިސްޓަރ ވުމަށް ދުރުވާނެ ތަން: ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާ އިޢުލާންގައިވާ މެއިލް މެދުވެރިކޮށް އޮންލައިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެ |
|
ޕްރީ ބިޑް މީޓިންގް |
8 ސެޕްޓެމްބަރ 2026 |
11:00 |
ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ |
|
ބީލަން ހުށަހެޅުން |
17 ސެޕްޓެމްބަރ 2026 |
13:00 |
ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ |
|
ބީލަން ހުޅުވުން |
17 ސެޕްޓެމްބަރ 2026 |
13:00 |
ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަމްބަރު، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް މިކައުންސިލަށް ހިއްސާ ކުރަންވާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ބީލަން ހުށަހަޅާނީ، މި އިދާރާއިން މި މަސައްކަތަށް ކަނޑައަޅާފައިވާ، އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ.
ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:00ގައެވެ. ބީލަންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:00 ގައެވެ.
އީމެއިލް މެދުވެރިކޮށް ހުށަހަޅާ ބީލަންތައް އަދި އޮންލައިންކޮށް ސޯޝަލް މީޑިޔާގެ އެކި މަންސަތަށް ބޭނުންކޮށްގެން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
ނޯޓް: ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ
ފޯން: 6700601
އީމެއިލް: [email protected]
31 އޮގަސްޓް 2026
