ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިހަކަތަ ބިމުގައި ހުރި އަމިއްލަ މީހުންނަށް ނިސްބަތްވާ ތަކެތި ނެގުމަށް އެންގުން

ހިރިހަކަތަ ބިމުގައި ހުރި އަމިއްލަ މީހުންނަށް ނިސްބަތްވާ ތަކެތި ނެގުމަށް އެންގުން

ތެލުގެ ވިޔަފާރިކުރުމަށް ހިރިހަކަތަ ބިން 20 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި މި ކައުންސިލުން ހުޅުވާލި ފުރުޞަތުގައި ބީލަން ކާމިޔާބުކުރި ފަރާތާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިހާރު މި ކައުންސިލުން މި ދަނީ ކުރަމުންނެވެ.

ބީލަން ކާމިޔާބުކުރި ފަރާތަށް ބިން ހަވާލުކުރުމަށާއި ބިން ހުސްކުރުމުގެ މަސައްކަތްކުރުމަށްޓަކައި ހިރިހަކަތަ ބިމާއި ގޯތީގައި އަދި އެތަނުގައި ކުރެވިފައިވާ އެއްވެސް އިމާރާތެއްގައި އަމިއްލަ ފަރާތަކަށް ނިސްބަތްވާ މުދަލެއް ހުރިނަމަ އެ ތަކެތި 15 ސެޕްޓެންބަރު 2026 ގެ ނިޔަލަށް ނެގުމަށް ދަންނަވަމެވެ. މި މުއްދަތު ހަމާވާއިރު ނުނަގާ ހުންނަ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

31 އޮގަސްޓް 2026
ހޯދާ