މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026' ކުރިއަށްދާއިރު ކެންޓީން ހިންގާނެ ފަރާތްތަކެއް ހޯދުން

'ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026' ކުރިއަށްދާއިރު ކެންޓީން ހިންގާނެ ފަރާތްތަކެއް ހޯދުން

 

'ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026' ކުރިއަށްދާއިރު ކެންޓީން ހިންގާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރީވުމަށްފަހު، ދެންނެވިފައިވާ ތާރީޙަށް މިއިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް މިކަމާގުޅޭގޮތުން އެކުލަވާލެވިފައިވާ މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. މި މަޢުލޫމާތު ކަރުދާހާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތަކާއި ބީލަން ހުށަހަޅާ ފޯމް ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައިރަޖިސްޓްރީވުން:

 ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:00 ން 03 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކް:https://forms.cloud.microsoft/r/7NRk3Ns2Wn

މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 07 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނަންބަރާއެވެ.

ކޯޓޭޝަން/އަންދާސީ ހިސާބު ހުށަހެޅުން:

ކޯޓޭޝަން/އަންދާސީ ހިސާބު ހުށަހަޅާނީ 09 ސެޕްޓަންބަރު 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން، މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތައް އަދި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަން/އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

31 އޮގަސްޓް 2026
ހޯދާ