މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ، ފައިނޭންސް

ވަޒިފާގެ ފުރުސަތު

މަޤާމު:

ޑިރެކްޓަރ، ފައިނޭންސް

މަޤާމުގެ ނަންބަރު:

J-453318

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

މުސާރަ:

16,080.00 ރުފިޔާ

މަގާމުގެ އެލަވަންސް:

7,505.00 ރުފިޔާ

ޙާޒިރީ ޢިނާޔަތް:

-/205 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕޭމަންޓްގެ ކަންކަން ބެލެހެއްޓުން:

 - މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެންމެހައި ސްކޫލްތަކާއި މަރުކަޒުތަކުން ފޮނުވާ ޕޭމަންޓް ވައުޗަރުތަކާއި ބިލްތައް ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ޗެކްކޮށް، ފައިސާ ދެއްކުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

 - މުވައްޒަފުންގެ މުސާރައާއި، ޢިނާޔަތްތައް އަދި ސަޕްލަޔަރުންނަށް ދައްކަންޖެހޭ ޕޭމަންޓްތައް ގަޑިންގަޑިއަށް ޕްރޮސެސްކުރުމުގެ ކަންކަން ވިލަރެސްކުރުން.

  1. މޮނިޓަރިންގ އަދި ކޮންޓްރޯލް:

 - މިނިސްޓްރީގެ އަހަރީ ބަޖެޓު ތަންފީޛުވަމުންދާ މިންވަރު ޤަވާއިދުން މޮނިޓަރކޮށް، ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ނުވާނޭހެން ކޮންޓްރޯލް ކުރުން.

 - ސްކޫލްތަކާއި ޔުނިޓްތަކުގެ ޚަރަދުތައް ބަލަހައްޓަމުންދަނީ މާލީ މިންގަނޑުތަކާ އެއްގޮތަށްތޯ މޮނިޓަރކޮށް، ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިރުޝާދު ދިނުން.

 - އެތެރޭގެ މާލީ ކޮންޓްރޯލްތައް (Internal Controls) ހަރުދަނާކޮށް، އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރާ ކަންކަން އިޞްލާޙުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.

  1. ޑާޓާ އެނަލައިޒިންގ އަދި ރިޕޯޓިންގ:

 - މިނިސްޓްރީގެ މާލީ ޑާޓާތައް އެނަލައިޒްކޮށް، ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓް ލަފާކުރުމަށާއި މާލީ ނިންމުންތައް ނިންމުމަށް ބޭނުންވާ ތަފާސްހިސާބު އެކުލަވާލުން.

 - މަހުން މަހަށް، ކުއާޓަރ އަދި އަހަރީ މާލީ ރިޕޯޓުތައް ތައްޔާރުކޮށް ސްޕަރވައިޒަރަށް ހުށަހެޅުން.

 - ޚަރަދުތައް ހިނގަމުންދާ ގޮތުގެ ޓްރެންޑްތައް ދެނެގަނެ، ޚަރަދު ކުޑަކުރެވިދާނެ ދާއިރާތައް ދެނެގަނެ ސްޕަރވައިޒަރަށް ލަފާއެރުވުން.

  1. ތިރީގައި މިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ސެކްޝަންގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ގޮތެއްގައި ހަވާލުކޮށް އެންމެހާ މަސައްކަތްތައް ސުޕަރވައިޒްކޮށް ހިންގުން:

 - ރިޕޭމަންޓް ކަލެކްޝަންގެ މަސައްކަތް

 - ރިޕޭމަންޓް ފައިސާގެ ހިސާބުތައް ތައްޔާރުކޮށް ފޯރކާސްޓް ބެލެހެއްޓުމުގެ މަސައްކަތް.

 - ޤަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް.

 - އަހަރީ ބަޖެޓް ހެދުމާއި ބިލްތަކަށް ގަވާއިދުން ފައިސާ ދެއްކުމުގެ   މަސައްކަތް.

 - އޮޑިޓްތަކާއި ގުޅުންހުރި މަސައްކަތްތައް.

 - އެކައުންޓްތަކާބެހޭ މަސައްކަތްތައް.

 - ތިޖޫރީ ބެލެހެއްޓުމުގެ މަސައްކަތްތައް.

 - ބިލްތަކަށް ފައިސާ ދެއްކުމުގެ މަސައްކަތްތައް.

 - ޕެޓީކޭޝްއާއި ގުޅޭ މަސައްކަތްތައް.

  1. ސެކްޝަންގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ފުރިހަމައަށް ހިނގަމުންދާކަމާއި ރަސްމީ ގަޑީގައި ހުރިހާ ވަގުތެއް އެންމެ ފުރިހަމައަށް ބޭނުންކުރެވެމުންދާކަން ކަށަވަރުކުރުން. އަދި ބްރޭކް ގަޑީގައި އާންމުންނަށް ދެވޭ ޚިދުމަތް މެދުނުކެނޑޭނެ ގޮތުގެ މަތިން ފޯނު ނެގުމާއި ސެކްޝަންގެ މަސައްކަތަށް ޖަވާބުދާރީވާނެ މުވައްޒަފުންގެ ތާވަލެއް ރާވައި މުވައްޒަފަކު ސެކްޝަންގައި ހުންނާނެކަން ކަށަވަރުކުރުން. އަދި އެޕްރައިޒަލް ހެދުމަށް ބޭނުންވާ މިންވަރަށް މަސައްކަތް ޕާސަނަލް ރެކޯޑް ބަހައްޓައި އިސްވެރިންނާ ހަމައަށް ފޯރުކޮށްދިނުން. މީގެ އިތުރުން ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.

  6. ސެކްޝަންގެ މުވައްޒަފުން ރަސްމީގަޑީގެ ވަގުތު ފުރިހަމައަށް މަސައްކަތުގައި ހުރިހާ ވަގުތެއްގައިވެސް   ދެމިތިބޭކަން ކަށަވަރުކޮށް މަސައްކަތުގައި ދިމާވާ ދަތިތައް ޙައްލުކޮށްދީގެން މަސައްކަތް ކުރުވައި ހިނގަމުންދާކަން ކަށަވަރުކުރުން.

  1. ސެކްޝަނަށް އަންނަ ހުރިހާ ސިޓީއެއްވެސް އަމިއްލައަށް މޮނިޓަރ ކުރެވިގެން 3 ދުވަހުގެ ތެރޭގައި ޖަވާބުދެވޭކަން  އަދި ބިލްތަކަށް ފައިސާ ދައްކަން ކުރަންޖެހޭ މަސައްކަތް ލަސްވެގެން ހަފްތާއެއްގެ ތެރޭގައި ފިނޭންސްއަށް ފޮނުވައި ފައިސާ ދައްކާކަން ކަށަވަރުކުރުން.
  2. އެކއެކި ސްކީމްތަކުގެ ދަށުން ކިޔަވާ ނިންމާ ޤައުމަށް އެނބުރި އަންނަ ކުދިންގެ އަތުން ރީ-ޕޭމަންޓް ފައިސާ ހޯދުމުގެ ގޮތްތައް ކަނޑައަޅައި އެކަން ކުރިއަށް ގެންދިއުން.
  3. ރައީސުލް ޖުމްހޫރިއްޔާގެ އެވޯރޑް، ބޭރުގެ އެހީ އަދި ނެޝަނަލް ފަންޑު ފޯ ހަޔަރ އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ގެ ދަށުން ސްކޮލަރޝިޕް ނުވަތަ ލޯންއެހީގައި ކިޔަވަމުންދާ ކުދިންނަށް ދޭންޖެހޭ ފައިސާގެ ކަންތައް ދިނުމުގެ މަސައްކަތް ބެލެހެއްޓުން.
  4. ކިޔަވާ ނިމިގެން އަންނަ ދަރިވަރުން އަނބުރާ ދައްކަންޖެހޭ ފައިސަ ގަވާއިދުން ބެންކުން ހޯދަމުންދޭތޯ ބަލައި ކަށަވަރުކުރުން.
  5. ސަރުކާރުން ހިންގާ މަތީ ތަޢުލީމާއި ހުނަރުވެރިކަން ކުރިއެރުވުމަށް އެހީވެދޭ ޤައުމީ ފަންޑުންނާއި ވާރލްޑް ބޭންކްގެ އެހީގައާއި އަދި ސަޕްލިމެންޓްރީ އެލަވަންސްގެ ގޮތުގައި ލޯނުދެވިފައިވާ ދަރިވަރުންގެތެރެއިން ކިޔަވާ ނިންމާ ޤައުމަށް އެނބުރި އަންނަ ކުދިންގެ އަތުން ރީ-ޕޭމަންޓް ފައިސާ ހޯދުމުގެ މަސައްކަތް ކުރުވުން.
  6. އެކި އެކި ޚިދުމަތްތަކުގެ އަގު އަދާކުރުމަށް ލިބޭ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުވުން. އެގޮތުން ވައުޗަރ ހެދުމާއި ފިނޭންސް މިނިސްޓްރީ އަށް ވައުޗަރ ފޮނުވުމާއި އިންވޮއިސް ފޮނުވި ފަރާތަށް ފައިސާ ލިބުނުތޯ ޗެކުކޮށް ކަށަވަރުކުރުން. 
  7. ސްކޮލަރޝިޕްތަކަށްދާ ފަރާތްތަކަށް ޚަރަދުކުރަންޖެހޭ ފައިސާގެ ކަންކަމާއި، ސްޓާފް ޑިވެލޮޕްމަންޓްގެ ދަށުން ޚަރަދުކުރަންޖެހޭ ފައިސާގެ ކަންތަކާއި އަދި ކިޔެވުމަށްދެވޭ ލޯންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ގަޑިޔަށް ދެއްކޭނެ އިންތިޒާމެއް ރާވާ ފައިސާ ލިބެންވާފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާ ކުރާކަން ކަށަވަރުކުރުން.
  8. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޮލަރޝިޕްތަކާއި އަދި އެކި ލޯން ސްކީމުގެ ދަށުން ކިޔަވަން ގޮސްތިބި ކުދިންގެ ތެރެއިން މި މިނިސްޓްރީއިން ޚަރަދުކުރަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ހޯދާ ހިސާބުތައް ބެލެހެއްޓުން.
  9. ލަފާކުރާ ބަޖެޓް ހުށައަޅަންޖެހޭ ތާރީޚްގެ ކުރިން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި ޖަމާޢަތްތަކަށް ސަރުކާރުން ދައްކަންޖެހޭ މެންބަރޝިޕް ފީއާއި ޗަންދާ ފަދަ ފައިސާ، ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ދައްކާ ނިންމުން.
  11. ބަޖެޓްގެ ޚަރަދު ރިޕޯޓް މަހުން މަހަށް ތައްޔާރުކޮށް މާލިއްޔަތު ގަވާޢިދުގައިވާ ގޮތުގެ މަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ރެކޯޑްސް ތައް ބެލެހެއްޓުން. އަދި ބަޖެޓްކޯޑު ތަކުގެ  ބާކީގެ ތަފްޞީލްތައް ބެލެހެއްޓުން.
  12. ފައިސާގެހިސާބުތައް ބެލެހެއްޓުމާއި އަދި ކަމާއިބެހޭ ލިޔެކިޔުންތައް ރައްކައުތެރި ކަމާއިއެކު ބެލެހެއްޓުމަށް ރާވަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  13. ފައިސާގެ ހިސާބުތައް އޮޑިޓް ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ ދާއިރާއިން އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި އެމަސަކަތްތަކުގައި އެހީތެރިވުން.
  14. އިސްވެ ބުނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކުއްލިޙާލަތުގައި ދިމާވާ އޮފީހުގެ އެކިއެކި މަސައްކަތްތައް ކުރުން. އަދި ހަވާލުވެފައިވާ މަސައްކަތްތައް ޒިންމާދާރު ކަމާއި އެކު ކުރުމާއި މުވައްޒަފުންގެ ޤަވާޢިދު ތަކަށް  ޙުރުމަތްތެރިކޮށް ހިތައި ސިވިލްސަރވިސްގެ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތުގެ އަޚުލާޤް ބެހެއްޓުން
  15. ސެކްޝަންގެ މުވައްޒަފުންގެ އެޕްރެއިޒަލް އިންސާފުވެރިގޮތެއްގައި ހެދުމަށް ބޭނުންވާ ރެކޯރޑްތައް ބަލަހައްޓައި އެޕްރެއިޒަލް ޕޮއިންޓް ސުންގަޑި ހަމަވުމުގެ ކުރިން އިސްވެރިޔާއަށް ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ؛

  1.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ؛

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ އެއް ޙާޞިލްކޮށްފައި ވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް  
  4. ބޭންކިންގ  
  5. ބިޒްނަސް  
  6. ކޮމާރސް  
  7. ކޯޕަރޭޓް ފައިނޭންސް  
  8. ފައިނޭންސް  
  9. ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ  
  10. ފައިނޭންޝަލް އިކޮނޮމިކްސް  
  11. ފައިނޭންޝަލް އިންޖިނިއަރިންގ  
  12. ފައިނޭންޝަލް މެނޭޖްމަންޓް  
  13. ފައިނޭންޝަލް މާކެޓްސް  
  14. ފައިނޭންޝަލް ޕްލޭނިންގ  
  15. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  16. އިސްލާމިކް ފައިނޭންސް  
  17. ޕަބްލިކް ފައިނޭންސް  
  18. ޕަބްލިކް ފައިނޭންސް އެންޑް އިކޮނޮމިކްސް  

ޕްރިފަރޑް ޑިސިޕްލިން : -

މަޤާމަށް ކޯ ޑިސިޕްލިން: -

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. މާލީ ހިސާބާގުޅޭ މަސައްކަތުގެ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (% 30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
  6. ޕްރެޒެންޓޭޝަން (% 10)
  7. އިންޓަރވިއު (% 35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/WoSzfBtVN8CST7UQ8  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 09 ސެޕްޓެމްބަރ 2026 އާއި 10 އޮކްޓޯބަރ 2026 އާއި ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

31 އޮގަސްޓް 2026
ހޯދާ