ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމްކުރާ "ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް 2026" 9 އޮކްޓޯބަރ 2026 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކުޅުދުއްފުށީގެ ދެޖިންސުގެ ޒުވާނުންނަށާއި ފުޓްސަލް ކުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން 6 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކަނޑައެޅިފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 16 ފިރިހެން އަދި 8 އަންހެން ޓީމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް :
Kulhudhufushi Futsal Challenge 2026 – Team Registration – Fill out form
މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އާއްމު ކުރެވިފައިވާނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527209 އަށެވެ.
