ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަށިބޯޅަ އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ބަށިބޯޅަ ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، މި ކޮމިޓީއާއި ބަށި ބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ގުޅިގެން ބަށިބޯޅަ މުބާރާތްތަކުގެ އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމްއެއް 2026 ސެޕްޓެމްބަރ 11،12 ގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ނަންނޯޓްކުރާ ތަރުތީބުން ފުރަތަމަ ނަންނޯޓް ކުރާ 30 ބައިވެރިންނަށެވެ.
ވީމާ، މި ތަމްރީނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ.
ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://vaarugey.hoandedhdhoo.gov.mv/submit-service-request/service-12
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 އޮގަސްޓް 2026
ހޯދާ
