މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތިތަކުގައި މިހާރު އަޅާފައިވާ ކޭބަލްތައް ބަދަލުކުރުމާއި ހަލާކުވެފައިވާ ދަނޑިތައް ބަދަލުކުރުމާއި އައު މަގު ބައްތި ބަހައްޓަންޖެހޭ ސަރަޙައްދުތަކުގައި ބައްތި ބެހެއްޓުމުގެ މަސައްކަތް( 2ވަނަ ފަހަރު).

      މި ކައުންސިލްގެ ނަންބަރު:(IUL)301/301/2026/40  (25 ޖޫން 2026) އިޢުލާނާއި ގުޅިގެން އިޖާބާދީ  ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ މަގު ބައްތިތަކުގައި މިހާރު އަޅާފައިވާ ކޭބަލްތައް ބަދަލުކުރުމާއި ހަލާކުވެފައިވާ ދަނޑިތައް ބަދަލުކުރުމާއި އައު މަގު ބައްތި ބަހައްޓަންޖެހޭ ސަރަޙައްދުތަކުގައި ބައްތި ބެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

           ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ރަޖިސްޓްރޭޝަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ -/150 ރުފިޔާ ދެއްކުމުންނެވެ. ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ފޮތް މެއިލްކުރެވޭނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގް ގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

 

 

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

07 ސެޕްޓެމްބަރ 2026

ހޯމަ

12:00

ޕްރީބިޑް މީޓިންގް ބާއްވާގަޑި

07 ސެޕްޓެމްބަރ 2026

ހޯމަ

13:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

14 ސެޕްޓެމްބަރ 2026

ހޯމަ

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 4000031 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.  

30 އޮގަސްޓް 2026
ހޯދާ