ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަން

 

މަޤާމު:

ކޮންޓްރޯލަރ އޮފްއެގްޒަމިނޭޝަން

ބޭނުންވާ އަދަދު: 1

މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

 

ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 10

މަޤާމުގެ ޝަރްޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސެއްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ

މަހަކު: 18,838.00 ރުފިޔާ

ޖޮބް އެލަވަންސް: 10,789.00 ރުފިޔާ

އެޓެންޑެންސް އެލަވަންސް: 292 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ތަޢުލީމީ ރޮނގުތައް:

ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް، ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން، ޓަރޝަރީ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްޓޫޑެންޓް އެފެއާޒް، ސްޓޫޑެންޓް އެފެއާޒް އެޑްމިނިސްޓްރޭޝަން، އިނޮވޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން.

އެޑިޔުކޭޝަން މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަން މެނޭޖުމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، ސްކޫލް މެނޭޖްމަންޓް، ސްކޫލް ލިޑަރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ޓީޗިންގ، ކިޔަވައިދޭ މާއްދާއަކުން ހާސިލްކޮށްފައިވާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން.

ރިސަރޗް، ރިސަރޗް ސްޓަޑީސް، ރިސަރޗް މެތަޑްސް، އެނަލިޓިކްސް، އެޑިޔުކޭޝަނަލް ރިސަރޗް، ރިސަރޗް މެތޮޑޮލޮޖީއާއެކު މޭޖަރވާގޮތަށް ހަދާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ، ކްރިޓިކަލް ތިންކިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޑިވެލޮޕްމެންޓް ސްޓަޑީސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް އެޑްމިނިސްޓްރޭޝާން، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، އިކޮނޮމިކްސް.

އެކައުންޓިންގ، ފައިނޭންސް، ކޮމާރސް، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ސްޓަޑީސް، ލިންގުއިސްޓިކްސް، ޤިރާޢަތު، އުސޫލުލް ދީން، އިސްލާމިކް ޖުރިސްޕްރުޑަންސް، ފިލޯސަފީ.  

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

 

މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާ ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމު ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ޔުނިވަރސިޓީ ޤަބޫލުކުރާ އިދާރާއެއްގައި ފަންނީ  ނުވަތަ އިދާރީ މަސައްކަތްތައް

މަޤާމުގެ މަސްއޫލިއްޔަތު:

-  ޔުނިވަރސިޓީ ޒިންމާވާގޮތަށް ބޭއްވޭ އެންމެހާ އިމްތިޙާނުތަކާ ގުޅޭ އެންމެހައި އިޖުރާއާތުތައް، ޔުނިވަރސިޓީގެ ކަމާބެހޭ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު އެކަށައެޅުމާއި އެކަންކަން ތަންފީޒު ކުރުމާއި ތަރައްގީ ކުރުމަށް މަސައްކަތް ކުރުން

-   ޔުނިވަރސިޓީގެ ދަރިވަރުން އިމްތިޙާނުކޮށް ފެންވަރު ވަޒަންކުރުމުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އިމްތިޙާނުތައް ހިނގާ ނުހިނގާގޮތް ބެލުމާއި މި އިމްތިޙާނުތަކާ ގުޅޭ އެންމެހާ ކަންކަން ވިލަރެސް ކުރުން  

-  އިމްތިޙާނުގެ އެންމެހައި އިޖްރާއާތުތަކާއި ސުލޫކިއްޔާތާ ބެހޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި، އިމްތިޙާނާބެހޭ އޮނިގަނޑާއި މިންގަނޑު ދަރިވަރުންނަށާއި ލެކްޗަރާރުންނަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް ފޯރުކޮށްދިނުން.

-  އިމްތިޙާނަށް ވަނުމަށް ހުއްދައޮތްކަން އަންގައިދޭ ލިޔުން ދަރިވަރުންނަށް ދޫކުރުން.

-   ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އިމްތިޙާނު ދެވޭނޭ އިންތިޒާމުތައް ހަމަޖެއްސުން.

-  އެއްމާއްދާ އަނެއްމާއްދާއާއި ފުށުނާރާނޭ ގޮތެއްގެމަތީން އިމްތިޙާނު ޓައިމްޓޭބަލް ތައްޔާރުކުރުމާއި އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ފަސޭހަވާނޭ ގޮތްތަކަށް ބަލައިގެން އިމްތިޙާނުތައް އިންތިޒާމު ކުރުން.

-  އިމްތިޙާނުތައް ބާއްވާނޭ ތަންތަން ކަނޑައެޅުމާއި، އެތަންތަން ތައްޔާރުކުރުމަށް ކަމާބެހޭ ފަރާތްތަކުގައި އެދުމާއި، އިމްތިޙާނުތައް ފެށުމުގެ ލަސްވެގެން 48 ގަޑިއިރު ކުރިން، އެތަންތަން ތައްޔާރަށް ހުރިކަން ކަށަވަރު ކުރުން.

-  އިމްތިޙާނު ޕޭޕަރުތައް ކަނޑައެޅިފައިވާ ވަގުތަށް ޗާޕުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، އިމްތިޙާނު ޕޭޕަރުތައް ބަލައިގަތުމާއި، އެޕޭޕަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކަމާބެހޭ ފަރާތްތަކަށް ޕޭޕަރުތައް ހަވާލުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތަށް ޕޭޕަރުތައް މާރކު ކުރުވައި ނިންމުމަށް ބާރުއަޅައި މަސައްކަތްކުރުން.

-  ޔުނިވަރސިޓީގެ ހިއުމަން ރިސޯރސް ޑިޕާރޓުމަންޓު މެދުވެރިކޮށް ހުރިހާ އިމްތިޙާނެއް ބަލަހައްޓާނެ އިންވިޖިލޭޓަރުން ހޯދުމާއި، އިންވިޖިލޭޓަރުންނަށް ތަމްރީނު ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

-  ވީހާވެސް އޮމާންކޮށް އިމްތިޙާނުތައް ބޭއްވުމަށްޓަކައި ބޭނުންވާ އެންމެހައި ލިޔެކިއުންތައް ފުރިހަމަކުރުމާއި ބޭނުންވާނޭ ގަލަމާއި ކަރުދާސްތައް ލިބޭނެ މަގު ފަހިކޮށްދިނުން.

-  އިމްތިޙާނުތަކާ ގުޅޭ ގޮތުން ހެދިފައިވާ އެންމެހާ މިންގަނޑުތައް މުމްތަޙިނުންނަށް ފޮނުވުން.

-  އިމްތިޙާނުތަކުގެ ނަތީޖާތައް ކުއްލިއްޔާ/ސެންޓަރު ތަކުގެ އޭ.އާރް.ސީ. އިން ފާސް ކުރުމަށްފަހު ހުށަހެޅުމުން އެގްޒާމް ކޮމެޓީން އޭގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އެ ނަތީޖާތައް ތަޞްދީޤު ކުރުމަށްޓަކައި އެކަޑެމިކް ބޯޑަށް ހުށަހެޅުން. އަދި ނަތީޖާތައް ސިސްޓަމުގައި ހުރީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށްޓަކައި މި ނަތީޖާތައް ރެޖިސްޓްރާރ އަށް ފޮނުވުން

-   ދަރިވަރުންގެ ތަޢުލީމީ ފެންވަރު ވަޒަންކޮށް މިންކުރުމުގެ މަޤްސަދުގައި  ޔުނިވަރސިޓީ ޒިންމާވާގޮތަށް ބޭއްވޭ އެންމެހައި އިމްތިޙާނުތައް ވިލެރެސްކުރުން.

-  އެކަޑެމިކް ކަލަންޑަރު ތައްޔާރުކުރުމުގައި މަޝްވަރާ ދިނުމާއި ކަލަންޑަރުގައި އިމްތިޙާނުތަކާ ގުޅޭގޮތުން ކަނޑައެޅިފައިވާ ތާރީޚުތަކަށް ކަންކަން ނިންމުން.

-  ޤައުމީ އަދި ބައިނަލް އަޤުވާމީ އިމްތިޙާނުތަކުގެ ތެރެއިން ޔުނިވަރސިޓީން އިންތިޒާމު ކުރެވިދާނެ އިމްތިޙާނުތައް ހިންގާ މަރުކަޒެއްގެ ގޮތުގައި ޔުނިވަރސިޓީ ހެދުމަށް މަސައްކަތް ކުރުމާއި އެފަދަ އިމްތިޙާނުތައް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދަން މަސައްކަތް ކުރުން.

-   މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުން އެގްޒަމިނޭޝަން އޮފީހުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ހުރިހާ މަސައްކަތްތަކެއް އެ އޮފީހުގެ ވެރިޔާގެ ހައިސިއްޔަތުން ކުރުން. 

-  މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުން، ފެންވަރުބެލުމާއި ވަޒަންކުރުމާ ބެހޭ ގޮތުން ޑެޕިއުޓީ ވައިސްޗާންސެލަރ (އެކަޑެމިކް އެފެއަރޒް) އަންގަވާ އެހެނިހެން ކަންކަން ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ނުވަތަ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ،
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 6 ސެޕްޓެންބަރ 2026 ވަނަ ދުވަހުގެ 23:59 އަށެވެ. ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މިވާ ލިންކް ބޭނުންކޮށްގެންނެވެ.

    https://forms.gle/TeUW3jyszE6iqCnU6

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

  • މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން ކުއްލިއްޔާ ކުރިއަރުވާ ހިންގާނެ ގޮތުގެ ތަސައްވަރެއް ޕްރެޒެންޓޭޝަނުގެ ސިފައިގަ ހުށަހަޅާދޭންޖެހޭނެއެވެ. އެހެންކަމުން ޕްރެޒެންޓެޝަނާއި ގުޅޭ އިތުރު މައުލޫމާތު ދުރާލާ ކެންޑިޑޭޓުންނާއި ހިއްސާކުރެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި  ޕްރެޒެންޓޭޝަން އޮންނާނީ، 07 ސެޕްޓެންބަރ 2026 އިން 07 އޮކްޓޫބަރ 2026 އާ ދެމެދުގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ އުނިވަރސިޓީގައެވެ. 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
30 އޮގަސްޓް 2026
ހޯދާ